Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

ކޯވިޑް-19: މިއަދު ރާއްޖެއިން 145 މީހުން ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19އަށް ރާއްޖެއިން މިއަދު 145 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން  ޕޮޒިޓިވްވި 145 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 104 މީހުންނާއި ރަށްތަކުން ޕޮޒިޓިވްވި 21 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 4 މީހެއްގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި 5 މީހުންނެވެ. މާލެ ފިޔަވާ އެންމެ ގިނަ މީހުން ޕޮޒިޓިވް ވީ ކުޑަހުވަދޫންނެވެ. މީގެއިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރަށަކުން މީހަކު ވަނީ ޕޮޒިިވް ވެފައެވެ. މިއީ 4460 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވި އަދަދެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 22،292 އަށް އަރާފައެވެ. މިބަލި ދެނެގަތުމަށް ރާއްޖެއިން ޖުމްލަ 598،676 ސާމްޕަލްވަނީ ނަގާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 131 މީހުން ވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 19،773 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،447 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 120 މީހުންނަށެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 65 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 57 ދިވެހިންނާއި 8 ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *