Ad

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހުން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 23 މީހަކު ދޫކޮށްލައިފިއެވެ. އިއްޔެގެ މުޒާހަރާގައި ޖުމްލަ 25 މީހުން ހައްޔަރުކުރިއެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހުން ދޫކޮށްލާފައި ވަނީ ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ފުލުހުންގެ ބަންދުގައި ތިބީ 2 މީހުން ކަމަށާއި އެއީ ފުލުހުންނަށް ހަމަލާ ދިން ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ.

ޕީޕީއެެމް ޕީއެންސީ ކޯލިޝަނުން މިހާރު ބާއްވަމުން ގެންދާ މުޒާހަރާ ތަކުގައި ގިނަ ބަޔަކު ހައްޔަރު ކުރެއެވެ. ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށްފަހު ޖޫރިމަނާކޮށް ދޫކޮށްލައެވެ.މިމުޒާރަހާތަކުގައި ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން އިދިކޮޅު ކޯލޮޝަނުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިދިކޮޅު ކޮލިޝަނުން އިއްޔެ މުޒާހަރާ ކޮށްފައިވަނީ އުތުރު ތިލަފަޅު މައްސަލާގައެވެ. އިދިކޮޅު ކޯލިޝަނުން ގޮވަމުން ދަނީ އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކޮށް ދިނުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *