Ad

އިނގިރޭސި މިލިޓަރީ އެކެޑަމީގެ ފަޚުރުވެރި ރަން ވަނައެއް އެމްއެންޑީއެފްގެ ފިރުޝާނާއަށް!

އިނގިރޭސިވިލާތުގެ މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓް ކޯހުން ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވޯޑް އެމްއެންޑީއެފްގެ ފިރުޝާނާ ތަޢުފީޤަށް ލިބިއްޖެއެވެ.

މިއީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ތަމްރީނެއްގައި ދިވެހި އަންހެނަކު ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ކޯހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ދަރިވަރަކު ބައިވެރިވެ މިފަދަ ބޮޑު ކާމިޔާބީއެއް ހާސިލްކުރުމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ވަނީ ފިރުޝާނާއަށް މަރުހަބާ ދަންނަވާފައެވެ. ފިރުޝާނާ ހޯދި މިކާމިޔާބީއައި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވެސް ވަނީ ވަނީ ފިރުޝާނާއަށް މަރުޙަބާ ދަންވަނާ ޓްވީޓެއް ކުރައްވާފައެވެ. މިއީ ޤައުމީ ދިފާޢީ ބާރުގައި އަންހެނުންނަށް ގިނަ ފުރުޞަތުތަކެއް މިސަރުކާރުން ހޯދައިދެމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގައިވެސް ފިރުޝަނާއަށް މަރުޙަބާ ދަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *