Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލަށް އެމަޖެންސީގައި ފަރުވާދޭން ގެންދިޔަ މީހަކެވެ. އޭނާއަށް ކޮވިޑަށް ޕޮޒިޓިވްވީ ނިޔާވި ފަހުން ހެދި ޓެސްޓުންނެވެ.

އެޗްޕީއޭ އިން ވިދާޅުވީ ރޭ 20:25 ހާއިރު އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ 66 އަހަރުގެ ފިރިހެނަކު 20:45 ހާއިރު ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ ކޮވިޑް ޖެހިގެން ކަމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން މިއީ ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި 66 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޯވިޑް-19ގައި ރާއްޖެއިން މިހާތަނަށް ނިޔާވި 66 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖޭގައި މިވަގުތުވެސް 2400 އަށްވުރެ ގިނަ މީހުން އަންނަނީ ކޯވިޑަށް ފަރުވާދެމުންނެވެ. މީގެތެރެއިން ހޮސްޕިޓަލްގައި 107 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *