Ad

ފިލައިގެން އުޅުނިކޮށް ލަންކާ ފުލުހުން ހައްޔަރުކުރި ސީލައިފްގެ ވެރިޔާ އައްމަޓީ ރާއްޖެ ގެެނެސްފި

ހުޅުމާލޭގައި ފްލެޓް އަޅައި އެތަން ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި މައްސަލާގައި ހޯދުމުންދަނިކޮށް ލަންކާއިން ހައްޔަރުކުރި ސީ ލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މޫސާ (އައްމަޓީ) ރާއްޖެ ގެެނެސްފިއެވެ.

އައްމަޓީ ރާއްޖެ ގެނައުން ލަސްވަނީ އޭނާގެ މައްސަލައެއް ލަންކާ ފުލުހުން ބަލަމުން އަންނާތީކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަހުމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރޭ ސްރީލަންކާއިންނެވެ. އައްމަޓީ ހައްޔަރުކުރަން އިންޓަޕޯލް މެދުވެރިކޮށް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އައްމަޓީ ހައްޔަރުކުރުމަށް އިންޓަރޕޯލުން ނެރެފައިވާ ނޯޓިސްގައިވާ ބުނެފައިވާގޮތުން އޭނާއަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތާއި ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތުތަކެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމުގެ ބޮޑު މަޝްރޫއެއް އިއުލާނު ކުރީ ސަރުކާރުގެ ދުވަސްވަރުއެވެ. އެކަމާއި ގުޅޭ އެއްބަސްވުމުގައިވެސް ދޮއިކޯށްފައިވާއިރު، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސް ހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެމައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފާ ގުޅޭ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *