Ad

ފެލިވަރު މޮނިޓަރިން ހާލަތުގައި އޮތް ނަމަވެސް މަސް ކިރޭނެ: މިފްކޯ

ފެލިވަރު މޮނިޓަރިން ހާލަތުގައި އޮތް ނަމަވެސް މަސް ކިރޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިފްކޯގެ ސޯއީއޯ އިސްމާއީލް ފައުޒީއާއި ހަވާލާދީ މަސްވެރިން އެމްވީއަށް ބުނީ، ފެލިވަރުގައި ގިނައިން މަސްގަންނަމުން ދަނީ ފެލިވަރު ބަނދަރުގައި ބޯޓު ފަހަރު ބަހައްޓައިގެންކަމަށާއި އެހެންކަމުން މަސް ގަތުމުގެ އޮޕަރޭޝަން ހަމަ އެގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި މިހާލަތުގައިވެސް މަސްވެރިންނަށް އައިސްއާއި ތެޔޮ ފެލިވަރު ބަނދަރުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ފައުޒީ އާއި ހަވާލާދީ މަސްވެރިން އެމްވީން ބުނެއެވެ.

ޅ. ފެލިވަރުން މިހާތަނަށް 66 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެލިވަރުވަނީ މޮނިޓަރިންގެ ޙާލަތަށް ލާފައެވެ. މިފްކޯއިން ވިދާޅުވީ ޕޮޒިޓިވްވި އެ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށާއި ޕޮޒިޓިވްވި ހުރިހާ ސްޓާފުންނަށްވެސް އެރަށުގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދާކަމަށެވެ.

މިފްކޯގެ ހުރިހާ ސައިޓުތަކުގައިވެސް އަމަލުކުރަމުންދަނީ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެކުލަވާލާފައިވާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސިޖަރ، އެސްއޯޕީތަކުގެ ދަށުންކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *