Ad

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ކާފިއު އެެއްކޮށް އުވާލައިފި

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ކާފިއު އެެއްކޮށް އުވާލައިފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ބާޠިލު ކޮށްފައިވާކަމަށެވެ. އަދި މާލެ ސަރަހައްދުގައި ގިނަ ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ. އަދި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުމާއި، ދުވުމަށް ޚާއްޞަ ކޮށް ފައިވާ ޓްރެކްތައް ހުޅުވައިލުމަށްވެސް ވަނީ ނިންމާފައެވެ.

ނަމަވެސް މާލޭސަރަހައްދުގައި ހުރި ބައެއް ފިޔަވަޅުތައް ވަނީ ދަމަހައްޓާފައެވެ.

މިގޮތުން އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމާއި، ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮތާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަ ކާތްތަކާއި ކަސްރަތު ގެ ހަރަކާތްތައް ހުއްޓައިލުމާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި،  މާލެ ސަރަޙައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުމިގެ އިތުރުން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ދިހައެއް ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *