Ad
ޞިއްހީ ޚިދުމަތްތެރިއަކު ކޮވިޝީލްޑް ވެކްސިން ދައްކާލަނީ-: ފޮޓޯ: ބިޒްނަސް ޓުޑޭ
ޞިއްހީ ޚިދުމަތްތެރިއަކު ކޮވިޝީލްޑް ވެކްސިން ދައްކާލަނީ-: ފޮޓޯ: ބިޒްނަސް ޓުޑޭ

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގަ

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން (އެޗްޕީއޭ) އިން ބުނީ މިއަދު ދެވަނަ ޑޯޒް ޖަހަން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ އެކަކުން ހަތަރަކަށް  ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ކަމަށެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ދޭން ފަށަނީ މާލޭ ސަރަހައްދުގައެވެ.

ރާއްޖޭގައި ކޯވިޑް-19 ދިފާޢު ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރާޒެނެކާ ގުޅިގެން އުފައްޑާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިއަދު 10:00 ގައެވެ. ވެކްސިންދިނުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ވެކްސިން ޖަހަމުންދާ މަރުކަޒުތަކަށް ކަމުގައި އެޗްޕީއޭއިން ބުނެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ. ބަލިން ފުރިހަމައަށް ދިފާޢުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 241،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

މާލޭ ސަަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ މަރުކަޒުތައް:

  • ސޯޝަލް ސެންޓަރު (ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް)
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު (ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް)
  • ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) (ހެނދުނު 10:00 އިން މެންދުރުފަހުު 3:00 އަށް)
  • ނޭޝަނަލް އާޓް ގެލަރީ (ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް)
  • ސެނެހިޔާ (ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް)
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *