Ad

ދެވަނަ ހާފުގައި ޖެހި 3 ގޯލުން އާސެނަލް ބަލިކޮށް ގަދަ ހަތަރެއްގެ އުންމީދު ލިވަޕޫލުން އާކޮށްފި

ދެވަނަ ހާފުގައި ޖެހި 3 ގޯލުން އާސެނަލް ބަލިކޮށް ގަދަ ހަތަރެއްގެ އުންމީދު ލިވަޕޫލުން އާކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-0 ލަނޑުންނެވެ. މި މެޗްގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މުޅި މެޗް ޑޮމިނޭޓްކޮށް އެޓީމުން ވަނީ ގިނަ ހަމަލާތައް އުފައްދާފައެވެ. މިމެޗްގެ ފުރަތަމަ ގޯލާއި ތިންވަނަ ގޯލް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންނިކުން ޕޯލްގަލްގެ ފޯވާޑް ޑިއޭގޯ ޖޮޓާއެވެ. ލިވަޕޫލްގެ ދެވަނަ ގޯލް ޖަހައިދިނީ މުޙައްްމަދު ސަލާހެވެ.

ސަލާހާއި ޖޮޓާ ވަނީ މިދިޔަ ހަފްތާގައި ކުޅުނު ކޮލިފައިން މެޗްތަކުގައިވެސް އެޤައުމުތަކަށް މޮޅު ކުޅުމެއްދައްކާ ގޯލްތައް ޖަހާދީފައެވެ. މިގޮތުން ޕޯޗްގަލް ކުޅުނު ތިން މެޗުގައި 3 ގޯލް ޖޮޓާ ކާމިޔާބު ކުރިއިރު ސަލާހު ވަނީ މިސްރު ކުޅުނު 2 މެޗްގައި ދެ ގޯލް ޖަހާފައެވެ. މި ދެކުޅުންތެރިން ރަނގަޅު ފޯމެއްގައި ތިބުމަކީ އަންނަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ރިއަލްމެޑްރިޑާ ދެކޮޅަށް ނިކުންނައިރު ލިވަޕޫލަށް ލިބޭނެ ބޮޑު ހިންހަމަޖެހުމެކެވެ.

ސިޓީން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ލެސްޓާ ބަލިކޮށްފައިވާއިރު، ސިޓީ އެއް ވަނައިގައި އޮތީ 31 މެޗުން 74 ޕޮއިންޓާ އެކުއެވެ. ލީގު ކަށަވަރުކުރަން އެޓީމަށް ބާކީ އޮތް ހަތް މެޗުން ބޭނުންވަނީ ހަތަރު މޮޅެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 29 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލެސްޓާ އަށް 30 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު, ރޭ އަމިއްލަ ދަނޑުގައި 5-2 އިން ވެސްޓް ބްރޮމް އަތުން ބަލިވި ޗެލްސީ ހަތަރު ވަނައިގައި އޮތީ 30 މެޗުން 51 ޕޮއިންޓާ އެކުއެވެ. ރޭގެ މޮޅާއެކު ލިވަޕޫލް ފަސް ވަަނައަށް ޖެހިލާފައިވާއިރު، އެޓީމު ވަނީ 30 މެޗުން 49 ޕޮއިންޓް ހޯދައިފައެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *