Ad

މާލޭސިޓީގެ މޭޔަރު ކަމުގެ ގޮނޑި ޑރ. މުއިއްޒު ކާމިޔާބުކުރައްވައިފި

މާލޭސިޓީގެ މޭޔަރު ކަމުގެ ގޮނޑި ޑރ. މުއިއްޒު ކާމިޔާބުކުރައްވައިފިއެވެ.

މިހާރު ގުނަމުންދާ ވޯޓު ފޮށިތަކުގެ ނަތީޖާ ތަކަށް ބަލާއިރު އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށްވުރެ އިދިކޮޅު ޕީޕީއެމްގެ  ކެންޑިޑޭޓް ޑރ.މުއިއްޒު އުޅުއްވަނީ މާ ބޮޑަށްވެސް ކުރީގައެވެ. ބާކީ ނުގުނާ ހުރި ވޯޓު ފޮށިތަކުން ކޮންމެ ނަތީޖާއެއް ނިކުތް ކަމުގައިވިޔަސް ނަތީޖާއަށް އަސަރެއް ނުކުރާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މާލޭސިޓީގެ މޭޔަރު ކަމުގެ ގޮނޑި އިދިކޮޅު ޕީޕީއެމުން ކާމިޔާބު ކުރިއިރު މާލޭސިޓީގެ އިތުރު ގޮނޑިތައްވެސް ޕީޕީއެމުން މިހާރު ވަނީ ޔަގީން ކޮށްފައެވެ. މީގެތެރޭގައި ހުޅުމާލޭ ދާއިރާގެ ގޮނޑިއާއި މާފަންނު މެދު ދާއިރާގެ ގޮނޑި ހިމެނެއެވެ.

އެންމެ ވާދަވެރި ގޮނޑީގެ ގޮތުގައި ބެލެވިފައިވާ މާލޭގެ މޭޔަރު ކަމުގެ ގޮނޑި ޑރ. މުއިއްޒު މި ކާމިޔާބު ކުރެއްވީ ރައީސް ޔާމީންގެ ވޯޓާ ނުލައެވެ.

ތަފްސީލް އަންނަނީ….

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *