Ad
ރައީސް ޔާމީން: ފޮޓޯ/ސަން
ރައީސް ޔާމީން: ފޮޓޯ/ސަން

ޕީޕީއެމްގެ ކަނބަލުން އިސްނަގައިގެން ރައީސް ޔާމީން މިނިވަން ކުރުމަށް ނިކުތުމަށް ގޮވާލަން: ލޯޔަރު އާސިފް

ޕީޕީއެމްގެ ކަނބަލުން އިސްނަގައިގެން ރައީސް ޔާމީން މިނިވަން ކުރުމަށް ނިކުމެދިނުމަށް ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އާދަމް އާސިފް ގޮވާލައްވައިފިއެވެ.

ލޯޔަރު އާސިފް މިއަަދު ސޯޝަލް މީޑިއާގައިި އާންމުކުރެއްވި ޕޯސްޓެއްގައި ވަނީ ޕީޕީއެެމްގެ ކަނބަލުން އިސްނަގައިގެން ރައީސް ޔާމީން މިނިވަން ކުރުމަށް ނިކުމެދިނުމަށް ގޮވާލައްވާ ކަމަށެވެ.

އާސިއްޕެގެ މި ޕޯސްޓަށް ޕީޕީއެމްގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް އަންހެނުން އަންނަނީ މިއީ ވަރަށް ރަނގަޅު ކަމެއް ކަމަށް ބުނެ ކޮމެންޓް ކުރަމުންނެވެ.

"އެނޫން ގޮތެއް ނެތްހެން ހީވަނީ އަސްލުވެސް، މާ ލަސްވެއްޖެ. އެންމެ ކުރީގައި މަ ހުންނާނަން އެކަކަށް އިރާދަކުރެއްވިއްޔާ". ޕީޕީއެމްގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފާތުމަތު ރުޚުޝާނާ ބުނެފައި ވެއެވެ.

ރައީސް ޔާމީން މިނިވަން ކުރެެއްވުމަށް ޕީޕީއެމުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާފައިވެސް ވެއެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އެދި މެޑަމް ފާތުންގެ ސިޓީއެއްވެސް ރައީސް ސޯލިހަށް ވަނީ ފޮނުވާފައެވެ. މި ސިޓީއާއި ގުޅިގެން ރައީސް ޔާމީން ގެއަށާް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވާކަމުގެ އިޝާރާތެއް ރައީސް ސޯލިހު ވަނީ ދެއްވާފައެވެ. ރައީސް ސޯލީހު ވިދާޅުވީ އެ ސިޓީއާއި ގުޅިގެން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *