Ad

ކޮވިޑް-19: ރާއްޖެއިން ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެ. މިއަދު އެކަނި 464 މީހުން ޕޮޒިޓިވް

ރާއްޖެއިން 464 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 464 މީހުން ޕޮޒިޓިވްވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 207 މީހުންނާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 146 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވީ 14 މީހުންނާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 94 މީހުން ކަމަށެވެ. މިއީ 3،298 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. މިއާއެކު މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަވަނީ 29،052 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 76 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 24،575 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދާ މީހުންގެ ޢަދަދުވަނީ 4،396 އަރައެވެ. އަދި 122 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 72 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ދިން ލުއިތަކުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *