Ad

ހަބޭސްގެ ފަރާތުން ކޮންމެ ދުވަހަކު އާންމުންނަށް ދެމުންދާ ރޯދަވީއްލުން. "ވަރަށް ހަބޭސް"

ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް ހަބޭސްއަކީ އިޖުތިމާޢީ ގޮތުންވެސް އެތައް ކަމެއް ކުރަމުން އަންނަ ގްރޫޕެކެވެ. މިގޮތުން ކޮންމެ ރަމްޞާން މަހަކު އެތައް ހަދިޔާއެއް އެގްރޫޕްގެ ފަރާތުން ދަނީ ފޯރުކޮށްދެމުންނެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރަމްޟާން މަހުގެ ކޮންމެ ދުވަހަކު އިރުއޮއްސޭ ވަގުތު މަގުމަތިންދާ މީހުންނަށް ދޭ ރޯދަ ވީއްލުމެވެ.

ހަބޭސް ސްޓޫޑިއޯ ހުންނަ ދިމާލުން މަޖީދީ މަގުގެ އަރިމަތީގައި މޭޒެއް ބަހައްޓައިގެން ކޮންމެ ދުވަހަކު އެގްރޫޕްގެ މެމްބަރުން ގެންދަނީ މަގުމަތިންދާ މީހުންނަށް ރޯދަ ވީއްލުން ދެމުންނެވެ.

"މިއީ މަގުމަތިންދާ މީހުންނަށް އެންމެ އަވަހަށް ރޯދަ ވީއްލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން ކުރާ ކަމެއް. ބަންގި ގޮވުމާއެކު މަގުމަތިން ގެއަށްދާ ބޭފުޅުންނަށް ރޯދަ ވީއްލައިގެން ގެއަށް ދިއުމުގެ ފުރުޞަތު އަޅުގަނޑުމެން މި ފަހިކޮށްދެނީ. އަޅުގަނޑުމެން މި ދެނީ ފެނާއި، ކަދުރާއި ކޮފީއާއި ބިސްކޯދު ފަދަ ބާވަތްތައް. މީގެ ބޭނުމަކީ އަވަހަށް ރޯދަ ވީއްލުމުގެ ފުރުޞަތު ދިނުން." ހަބޭސްގެ ވެރިޔާ އަލީ ޝިފާޢު ބުންޏެވެ.

ހަބޭސްއިން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އައްޔަ ފާހަގަކުރިއެވެ.

"އަސްލު ވަރަށް ރަނގަޅު ކަމެއް އެކުދިން ކުރަމުން އެ ގެންދަނީ. ވަކި މީހަކަށް ބެލުމެއްނެތި އެގަޑީ ދިމާވި ކޮންމެ މީހަކަށް ރޯދަވީއްލަން ތަކެތި އެ ދެނީ. އަޅުގަނޑު މި ފުރުޞަތުގައި ހަބޭސްގެ ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިފަދަ އެހެން ގްރޫޕްތަކުންވެސް ހަބޭސް ނަމޫނާ އަކަށް ބަލައިގެން މިފަދަ އިޖުތިމާޢީ ކަންތައް ގިނަ ކުރަންވީ." އާންމު މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *