Ad

ކޮވިޑްގެ ހާލަތު ގޯސްވެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފި

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި 4 މޭ 2021 ން ފެށިގެން، އެއް ހަ ފުތާގެ މުއްދަތަށް، މާލެ ސަރަޙައްދު ފިޔަވާ ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުން މަނާކޮށްފައިވާކަމަށެވެ.

އަދި މިމުއްދަތުގައި ޟަރޫރީ ބޭނުންތަކަށާއި، ޞިއްޙީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. މި އެންގުމުގެ ދަށުން ފިޔަވަޅު އަޅައިފައިވާ ޚާއްޞަ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް، ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދިނުމަށް ވަނީ އަންގާފައެވެ.

މި ފިޔަވަޅު ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ދިޔައީ މިދިޔަ މަހު 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެޗްޕީއޭއިން ދިން ލުއިތަކުގެ ސަބަބުން ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. މި ލުއިތަކުގެ ނަތީޖާ މާލެއިންނާއި އަތޮޅު ތަކުގެ ރަށްރަށުން މިހާރު ދަނީ ފެންނަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔަ އެޅުއްވި ފިޔަވަޅަކީ މި ވަގުތަށް މުހިންމު ފިޔަވަޅެއް! މިފަދަ ކަންކަން ދިމާވަނީ ފަރުދީ ޒިންމާ އަދާ ނުކުރެވޭތީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *