Ad

އޮފީސް މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އަޑުއުފުލި ޒުވާނުންނަށް ފުލުހުންގެ ފަރާތުންވެސް ކުރިމަތިވީ ފުރައްސާރައާއި އަނިޔާ

އޮފީސް މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އަޑުއުފުލި ޒުވާނުންނަށް ފުލުހުންގެ ފަރާތުންވެސް ކުރިމަތިވީ ފުރައްސާރައާއި އަނިޔާއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތަކުގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ދުވަސް ކަމުގައި ދެކި ޒުވާނުން ކޮޅެއް އިސްނަގައިގެން ރޭ ބޭއްވި އެއްވުން ފުލުހުން ރޫޅާލާފައިވަނީ ވަރަށް އަނިޔާވެރިކޮށެވެ. ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެންނެވެ. އެންމެން ކުރިމަތީގައި މުޒާހަރާގެ ބައިވެރިންނަށާއި ނޫސްވެރިނަން އަނިޔާކުރިއެވެ. ފުލުހުންގެ ނުލަފާކަން ދައްކާލިއެވެ. ޕެޕަސްޕްރޭ ޖަހާލި އިރުވެސް ހީވީ ގަޔަށް ބޮޑީސްޕްރޭ ޖަހާލިހެންނެވެ.

"އަޅުގަނޑުމެން ނުކުތީ ސަރުކާރާ ދެކޮޅަކަށްނޫން. މިއީ ސިޔާސީ މުޒާހަރާއެއް ނޫން. އަޅުގަނޑުމެން ނިކުތީ އޮފީސް މާހައުލުގައި ކުރިމަތިވާ ފުރައްސާރައިގެ މައްސަލަތަކާމެދު އަޑުއުފުލަން. އެކަމަކު ފުލުހުންގެ ފަރާތުން ފެނުނީ އަނިޔާވެރިކަމާއި ފުރައްސާރަ. ގަޔަށް އަރާގަތްއިރު ހީވީ ރާމާމަކުނުތަކެއް ދޮންކެޔޮގަނޑަކަށް އަރައިގަތްހެން. ހިފާކަށް ވަކިތަކެއް ނުބަލާ." މުޒާހަރާގައި އަނިޔާލިބުނު ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

ފުލުހުންގެ މި އަމަލުތަކުގެ ސަބަބުން އެތައް ބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ. މިކަމާގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ރޭ ވަނީ ބާރުގެ ބޭނުން ކުރި ފުލުހުންގެ މައްސަލަ ބަލަމުންދާކަމަށް ވިދާޅުވެފައެވެ. މިއަދުގެ ވަގުތެއްގައި މުޒާހަރާ ރޫޅާލުމުގައި އަނިޔާވެރިވި ފުލުހުން ސަސްޕެންޑް ކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *