Ad

ކޮވިޑް-19: ތ.ވޭމަންޑޫން ޕޮޒިޓިވްވީ މީހުންގެ އަދަދު 217 އަށް

ތ. ވޭމަންޑޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 217 އަށް އަރައިފިއެވެ.

ތ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ވޭމަންޑޫން މިއަދު އަލަށް 10 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެރަށުން ޕޮޒިޓިވްވި217 މީހުންގެ ތެރެއިން 147 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު އެރަށުގައި ޕޮޒިޓިވް މީހުންގެ ގޮތުގައި ތިބީ 68 މީހުންނެވެ. އެރަށުން ޕޮޒިޓިވްވީ މީހުންގެ ތެރެއިން 2 މީހަކަށް ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ އަތޮޅުތަކަށް ވަނީ މި ބަލި ފެތުރިގެން ގޮސްފައެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މިވަގުތު ވަނީ މަނާކޮށްފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *