Ad

ހަމަލާގައި ޒަހަމްވި ސިފައިންގެ 3 މީހުންގެ ތެރެއިން 2 މީހުން ހޮސްޕިޓަލުން ދޫކޮށްލައިފި

މިހަމަލާގައި ރައީސް ނަޝީދު ވަނީ ޒަހަމްވެފަ

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ޓެރަރިސްޓު ހަމަލާގައި ޒަހަމްވި ސިފައިންގެ 3 މީހުންގެ ތެރެއިން 2 މީހުން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ޒަހަމްވި ސިފައިންގެ ތިން މީހުންގެ ތެރެއިން2 މީހުން ފަރުވާއަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށެވެ. އަދި އަނެއް ސިފައިންގެ މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލަށް ކަމަށެވެ. މީގެތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ސިފައިގެންގެ މީހާއާއި އޭޑީކޭއަށް ގެންދިޔަ ސިފައިންގެ ދެމީހުންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. ރައީސް ނަޝީދުގެ އިތުރުން މިހާދިސާގައި ޒަހަމްވެފައިވަނީ އެމަނިކުފާނުގެ ދެ ބޮޑީގާޑުންނާއި ކާރު ޑްރައިވަރުގެ އިތުރުން ބިދޭސީއެއްކަމަށް މަޢުލޫމާތު ލިބެއެވެ.

މިހަމަލާގައި ލިބުނު ޒަހަމްތަކަކަށް ރައީސް ނަޝީދު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްްދަވަމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ސްޓޭބަލްކަމަށް އޭޑީކޭއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *