Ad

މާލޭގައި އަމިއްލަ އޮފީސްތައްވެސް ބަންދު ކުރަން އަންގައިފި

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާތީ އަމިއްލަ ކުންފުނިތަކާއި އޮފީސްތައްވެސް ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަން ދެން މާލެ ސަރަހައްދުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން އޮފީހަށް ހާޒިރުވެގެން ކުރަން ޖެހޭ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް އަންގާކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި މިހާރު އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ރޭގަނޑު 9 އަކުން ފަތިހު 4 އާ ދެމެދު މާލޭގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *