Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑް-19ގައި މިއަދު ރާއްޖެއިން 4 ވަނަ މަރު. ފާއިތުވި 48 ގަޑިއިރުތެރޭ ރާއްޖެއިން 9 މަރު

ރާއްޖެއިން ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 83 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ކޮވިޑްގައި މިރޭ މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާއަކީ އިއްޔެގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެނައި މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ މިދިޔަ 48 ގަޑިއިރުތެރޭ ކޮވިޑްގައި ރާއްޖެއިން މަރުވި ނުވަ ވަނަ މީހާއެވެ. މިއަދު މަރުވި ހަތަރުވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާއިރު އެވްރެޖްކޮށް 700 މީހުން މި ބައްްޔަށް ދަނީ ޕޮޒިޓިވް ވަމުންނެވެ. މިއާއެކު ހޮސްޕިޓަލްގައި މި ބައްޔަށް ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވެ އައިސީޔޫތައް ފުރިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *