Ad

ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ފުލުހުން ހޯދަން އިއުލާންކުރި މީހާ ހައްޔަރުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދަން ބޭނުންވި ކަމަށް ބުނާ މީހާ ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހައްޔަރުކުރީ ރޭ ފަތިހުން ފެށިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ އިންނެވެ. މި މީހާއަކީ ބޮން ގޮއްވަން އެސަރަހައްދުގައި އަމަލީގޮތުން ހަރަކާތްތެރިވި މީހާކަމަށް ފުލުހުން ތުހުމަތުކުރާ މީހާއެވެ. ބޮން ގޮވި ވަގުތު އޭނާ އަސަރަހައްދުގައި ހަރަކާތްތެރިވާ ފޮޓޯތަކެއް ފުލުހުން މީގެކުރިން ވަނީ އާންމުކޮށްފައެވެ. ނަމަވެސް މި މީހާގެ ވަނަވަރެއް އަދި ނޭނގެއެވެ. މިއީ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ތިންވަނަ މީހާއެވެ.

އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެމީހާ އަކީ މި މައްސަލައިގެ ތަހުޤީޤަށް ބޭނުންވާ އެންމެ މުހިއްމު މީހާ ކަމަށެވެ.

މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހެއްގެ މަޢުލޫމާތު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެއީ މއ. ފޭރުގެ އަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ މުޖާޒެވެ. 2 ވަނަ އަށް ހައްޔަރުކުރި މީހަކީ ގއ. ކޮނޑޭ، ފޮޅޭމާގެ އުމުރުން 32 އަހަރުގެ ތަހުމީން އަހުމަދެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *