Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

މާލެއިން ޕޮޒިޓިވްވި 933 މީހުންނާއެކު ރާއްޖެއިން މިއަދު 1091 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން މިއަދު 1091 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 1091 މީހަކު ވަނީ ކޯވިޑް ޕޮޒިޓިވްވެފައެވެ. މާލޭ ސަރަޙައްދުން އެކަނިވެސް 933 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 147 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 6 މީހަކާއި، ސަފާރީތަކުން 3 މީހަކާއި، ތަރައްޤީކުރަމުން އަންނަ ރަށްތަކުން 2 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިއީ 4،507 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 35،815 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 307 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 26،299 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު މިބައްޔަށް 9،423 މީހުން ފަރުވާ ހޯދަމުންދާއިރު 250 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިބަލީގައި ވަނީ 84 މީހުން ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *