Advertisement
BML Home 2nd Ad

މިއީ މިހާތަނަށް ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ: ރައީސުލްޖުމްހޫރިއްޔާ

މިއީ މިހާތަނަށް ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 173 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ އެކު ޕާޓީގެ ހުރިހާ މެމްބަރުން ވެސް ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގައި އެންމެ މުހިންމު އަމާޒެއް ކަމުގައި ދެކެވަޑައިގަންނަވަނީ މި އަމަލުގެ ފަހަތުގައި ތިބި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުން ކަމަށް ވިދާޅުވި އެވެ. އަދި ވީހާ ވެސް އަވަހަކަށް އިންސާފު ގާއިމްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

Advertisement
Etukuri Inside ad 300x300 Desktop

މި ހަމަލާގެ ތަހުގީގަށް މިހާތަނަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ވެސް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔަ ގޮތުގެ ރިޕޯޓެއް މިރޭ ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ދައުލަތުން ސެކިއުރިޓީ ދޭ އެހެން ފަރާތްތަކުގެ ރިޕޯޓެއް ހުށަހެޅުމަށް ވެސް އެމްއެންޑީއެޕްގައި އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސެކިއުރިޓީ އާއި އިންޓެލިޖެންސް ކަންކަން ރޭވިފައިވާ ގޮތް މުރާޖާކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ޓެރަސްޓިންގެ ބޭނުމަކީ އަޅުގަނޑުމެންގެ މެދުގައި ބިރުވެރިން އުފެއްދުން. އަމަންއަމާންކަން ނަގައިލުން. ސުލްހަވެރިކަން ނެތިކޮށްލުން. ޝައްކު އުފައްދާ ގައުމު ފިތުނަފަސާދައިގެ ތެރެއަށް ވައްޓާލުން. އަދި މުޖުތަމައުގެ ތެރޭގައި އޮތް ބަދަހި ސަފުތައް ރޫޅާލުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރިއަށްއޮތް އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިޚާބަށް އިޝާރާތްކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ހުރިހާ އިންތިހާބެއްވެސް ވާދަވެރިކަން ބޮޑު ކަމަށާއި ޕާޓީގެ އެއްބައިވަންތަކަން ވަރުގަދަކުރުން މުހިންމުވެފައިވާ މި ވަގުތު އިންތިޚާބު ބޭއްވުމާ މެދު ވިސްނާލަންޖެހޭ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަޚަމްވެ ފަރުވާ ހޯއްދަވަމުން ގެންދަވާތީ މިހާރުގެ ހާލަތަށް އިޝާރާތްކުރައްވަމުންނެވެ.

"މި ދަނޑިވަޅަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީގެ ބަދަހިކަމަށް ވަރަށް މުހިންމު ވަގުތެއް. އެހެންކަމުން މި އިންތިހާބު މި ވަގުތު ބޭއްވުމާ މެދު އަޅުގަނޑުމެން އެންމެ ވިސްނާލުން ބުއްދިވެރި،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން ނިންމާފައި ވަނީ މި މަހު 29 ގަ އެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ސިފައިންގެ މީހެއްގެ ފުރާނަ ދިޔަ ބޮޑުހާދިސާ މިހާއަވަހަށް ހަނދާން ނެތުނީތޯ؟

  2. kaloage bafaibe migaumahdhin hamalaa 19 dhivehinge leyboali hamalaamathin kaloa hadhaannethunas mamen hadhaan ebahuri

  3. ey ehcheh govvaleema ekanitha terrorist hamalaa akah vanee,, ajaabeh migaumuge kithah dharinge furaana dhuvvaalaafa vanee,afraasheemge furaana dhuvaaleeves harukashi fikuru mehun, thiyabunaa gaanoonakah fethey kithah nurakkaatheri hamalaa dheefa vey.. ehen veema ey aharemen bunanee rayyithunnagee gamaaru baekey.. adhives mimeehjn rayyithun gamaaru hadhaane

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add