Ad

241 ކޮމެޓީގެ ނައިބު މުގައްްރިރު އަލީ އާޒިމް އެކޮމިޓީއިން އިސްތިއުފާ ދެއްވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ ކޮމިޓީގެ ނައިބު މުގައްރިރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްތިއުފާ ދެއްވައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކޮމިޓީއިން އިސްތިއުފާ ދެއްވާފައިވާއިރު ހިޔާނާތުގެ މައްސަލަ ބަލަމުންދާ ކޮމިޓީއަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު ލިބިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ 241 ކޮމިޓީއާ ގުޅިވަޑައިގަންނަވާނެ ކަން މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ.

އަލީ އާޒިމް ކޮމިޓީއިން ވަކިވުމާ ގުޅިގެން ނައިބު މުގައްރިރުގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ނަގައިފަ އެވެ. އެއީ ކޮމިޓީގައި ބައިވެރިވި 13 މެމްބަރުންގެ ވޯޓާ އެކު އެވެ.

އަލީ އާޒިމް ކޮމިޓީއިން ވަކިވި ސީދާ ސަބަބެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ. ނަމަވެސް މިލިސްޓުގައި އަލީ އާޒިމްގެ ނަން ހިމެނޭކަމަށް އަޑުފެތުރިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *