Ad

އާޒިމް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕް ލީޑަރު ކަމުން ދުރުވުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ގޮވާލައިފި

އާޒިމްގެ ނަން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ވަނީ ހިމެނިފައި

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް އާންމުކޮށްފައިވާ ލިސްޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނިފައިވުމުން މިވަގުތު އޭނާ އެމަގާމުން އެއްފަރާތްވުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕްގައެވެ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވިދާޅުވެފައިވަނީ މިހާލަތުގައި އާޒިމް ޕީޖީ ލީޑަރު ކަމުން ދުރަށް ޖެހިވަޑައިގަންނަން ޖެހޭ ކަމަށެވެ. މުޣުނީގެ މި ވާހަކައަށް ތާޢީދު ކުރައްވަމުން ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވީ އޭނާއަށްވެސް އާޒިމް މަގާމުން ދުރުވުމަށް ފެންނަކަމަށެވެ. އާޒިމް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގެ މަޤާމުން ދުރުވުމަށް ގޮވާލާފައިވާ ޗެޓްލޮގްތަކުގެ ސްކްރީން ޝޮޓްތައް އިރުވަރު އޮންލައިނަށް ވަނީ ލިބިފައެވެ.

އާޒިމް މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ހިސާބުން އެމީހަކު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.

"ވަކި މީހެއް ބެލުމެއް އޮވެގެން ނުވާނެ، އެ ހެޔޮ ވަޒީރަކަށް ވިޔަސް، އެހެޔޮ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށްވިޔަސް، އެ ހެޔޮ ފަނޑިޔާރަކަށް ވިޔަސް، އަޅުގަނޑު ގަބޫލު ކުރަނީ އެމީހުންނަށް ދޭންޖެހޭ އަދަބު ދޭންވާނެއޭ. އަދި ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ވަޒީރުން ވަކިކަހަލަ ހަމަތަކެއްވެސް ހުންނަން ޖެހޭނެއޭ. އެމީހަކާ ދޭތެރޭ ޝައްކެއް ނޫނީ އެވާހަކަ ދައްކަން ފަށާ ހިސާބުން އަޅުގަނޑު ގަބޫލުކުރަނީ ހަޤީޤަތުގައި އިސްތިއުފާ ދީފަ ދާންޖެހޭނެއޭ." އާޒިމް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *