ރ. އަލިފުށި ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބީލަމުގެ އުސޫލުން ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރައްވަނީ އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެ.
ގާތްގަނޑަކަށް 6.6 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ އަބްދުއް ރަހްމާނެވެ.