Ad

އިންގްލިޝް ޕްރިމިއާ ލީގު: ޗެލްސީގެ މައްޗަށް އާސެނަލުން ކުރި ހޯދުމުން ގަދަ ހަތަރެއްގެ ފޯރި ގަދަވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް އާސެނަލް އިން ކުރި ހޯދައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 1-0 ލަނޑުންނެވެ. އާސެނަލްގެ ހަމައެކަނި ގޯލު ޖެހީ 16 ވަނަ މިނިޓްގައި ޒުވާން މިޑްފީލްޑަރު އެމީލް ސްމިތު ރޯވް އެވެ. މިއީ ޗެލްސީގެ ޖޯޖީނިއޯއަށް ހެދުނު ގޯހަކުން ޖެހި ގޯލެކެވެ.

މިރޭގެ މޮޅާ އެކު އާސެނަލް ވަނީ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 36 މެޗުން 55 ޕޮއިންޓް ހަމަކޮށްގެންނެވެ. ނުވަ ވަަަނައިގައި އޮތް އެވަަޓަން އަށް 34 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް މެޗު ހަމަކޮށްގެން އާސެނަލަށް ވުރެ މައްޗަށް އެރޭނެ އެވެ. މިއީ 2011 ވަނަ އަހަރަށް ފަހު ޗެލްސީ ދަނޑުގައި އާސެނަލުން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ.

ލީގުގެ އެއް ވަނައިގައި އޮތީ ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމަށް 35 މެޗުން 80 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 35 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ. މިރޭ މޮޅުވެގެން ތިން ވަަނަ އަށް އެރެން އޮތް ޗެލްސީ އޮތީ ހަތަރެއްގަ އެވެ. ތިނެއްގައި އޮތް ލެސްޓާ ސިޓީ އަށް ވަނީ 36 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 36 މެޗުން 64 ޕޮއިންްޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 35 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި ލިވަޕޫލް އޮތީ 34 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީ ބަލިވުމާއެކު ގަދަ ހަތަރެއްގެ ފޯރި އަނެއްކާވެސް މި ވަނީ ގަދަ ވެފައެވެ. އެއީ 6 ވަނައިގައި އޮތް ލިވަޕޫލަށް ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ލިބުމުންނެވެ. ބާކީ ހަތަރު މެޗު ލިވަޕޫލަށް އޮތް އިރު ލީގުގައި މިރޭ ލިވަޕޫލް ނިކުންނާނީ މެންޗެސްޓާރ ޔުނައިޓެޑާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *