Ad

ދައުވާ އުފުލާވަރަށް ހެކި ލިބުނަސް އިސްތިއުފާ ދޭނަން: އަލީ އާޒިމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިކަމަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބުނަސް ނުވަތަ ދައުވާ ކުރާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އަދަދު" ނޫހުން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައި ނުވާކަމަށެވެ. އަދި ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ތުހުމަތު ނުކުރާ ކަމަށާއި ތުހުމަތު ކުރާ ނަމަ އެ ކޮމިޝަން އުފެދުނުތާ ތިން އަހަރު ވާއިރު އެކަމާ ގުޅޭގޮތުން ސުވާލެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ތަހުޤީޤީ އެއްވެސް އިދާރާއަކުން މިއަދާ ހަމައަށްވެސް މިކަމާ ބެހޭގޮތުން ސުވާލެއް ކޮށްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ހިޔާނާތުގެ ލިސްޓުގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ މީހުންގެ ނަންވެސް ހިމެނޭ ކަމަށާއި، ނަމަވެސް އެެއްވެސް ތަހުޤީޤެއް ކުރުމެއްތެރި މިފަދަ ލިސްޓަކަށް އޭނާގެ ނަން އެރުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

"ވަރަށް ކެރިގެން ސާފުކޮށް އަޅުގަނޑުގެ މައްސަލައެއް ތަހުގީގުކޮށް ނިމިގެން ކޯޓާ ހިސާބަށް ދާ ހިސާބުން ވެސް އަޅުގަނޑު މި ގޮނޑީގައި ނީންނާނަން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ނީންނާނަން. އެހާ އިތުބާރު އަޅުގަނޑަށް އެބައޮތް އެމްއެމްޕީއާރުސީގެ ފައިސާއެއް އަޅުގަނޑަށް ނުލިބޭކަން،" އާޒިމް ވިދާޅުވި އެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓް ފާސްކޮށް މުޅި ލިސްޓް ވަނީ އާއްމުކޮށްފަ އެވެ. މިލިސްޓުގައި އެމްޑީޕީގެ އިސް ސަފުގައި މަޖިލިސް ތަމްސީލު ކުރައްވާ ހަތަރު މެމްބަރުން ހިމެނެ އެވެ. އޭގެ ތެރެއިން އަލީ އާޒިމަށް އެއް މިލިއަން ރުފިޔާ ލިބުނު ކަމަށް އާއްމުވި ލިސްޓުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *