Ad

ސިޔާސީ ހަރަކާތްތަކަށް އަދީބު ހޯދައިދިން ފައިސާއަކީ ޚިޔާނާތުގެ ފައިސާ ކަމެއް ނޭނގޭ: ޕީޕީއެމް

ސިޔާސީ ހަރަކާތްތަކަށް އަދީބު ހޯދައިދިން ފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާކަމެއް ނޭގޭ ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްއިން ސިޔާސީ ހަރަކާތް ހިންގަނީ ދައުލަތުންދޭ ފައިސާއާއި، ދީލަތި ފަރާތްތަކުންދޭ ފައިސާތަކުން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ކުރީ ސަރުކާރުގެ މައި ޕާޓީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި، ބައެއް އިސްބޭފުޅުންގެ ނަންތައް ހިމަނަފައި، އެބޭފުޅުންގެ ކެމްޕެއިނަށް ފައިސާ ދިންކަމަށް ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި އިންތިޚާބުތަކަށް ޚަރަދު ކުރާ ފައިސާ ޕާޓީ ތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދާ ފައިސާ އިން ކަމަށެވެ. އެގޮތުގެ މަތިން ހޯދާ ފައިސާވެސް ވާނީ އެކި ކަންކަމަށް ޚަރަދު ކޮށްފައި ކަމަށާއި، ޕާޓީގެ އިވެންޓުތަކާއި ދަތުރުތައް ކުރުމުގެ އިތުރުން އިންތިޚާބުތަކުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށްވެސް ހެޔޮ އެދޭ ފަރާތްތަކުން ދެމުން ގެންދާ ފައިސާ ޚަރަދުކޮށްފައި ވާނެ ކަމަށެވެ. އޭރު ޕާޓީގެ ކަންތަކަށް ފައިސާ ހޯދުމުގައި އިސްކޮށް އުޅުނީ އޭރު ޕީޕީއެމްގެ ނާއިބްރައީސް އަހުމަދު އަދީބު ކަމަށާއި އެމަނިކުފާނު ހޯއްދަމުން ގެންދެވި ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިފައި ނުވާކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އަހުމަދު އަދީބު ހަރަދު ކުރަމުން ގެންދިޔައީ ޕާޓީގެ ފައިސާ ކަމަށާއި އެފައިސާއަކީ ހެޔޮއެދޭ ފަރާތްތަކުން އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކަށް ދެއްވާފައިވާ ފައިސާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަދީބު ދެއްވަމުން ގެންދިޔަ ފައިސާއަކީ ސީދާ ރައީސް ޔާމީންގެ ފައިސާކަމަށް އެމަނިކުފާނު އޭރު މަޖިލީސް މެމްބަރުން ގާތު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *