އަޅުގަނޑުމެން މިރިޕޯރޓް އެކުލަވާލާފައި މިވަނީ ދިރާސާއަކަށް ފަހުގައެވެ. މި ރިޕޯރޓްގައި ލިޔެފައިވާ ރިޕޯޓުގައިވާ ކޮންމެކަމަކާއި ގުޅޭ ހެކި ހޯދާ މި ރިޕޯރޓްގައިވާ ކަންތައް ސާބިތު ކޮއްދެވޭނެ މައުލޫމާތުގެ އަލީގައެވެ.
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (އެސެޓް ރިކަވަރީ ކޮމިޝަންއިން) ރައްތަކާއި ފަޅުތަކާ އަދި އެސްއޯއެފް މެދުވެރިކޮށް ޑޮލަރު މާރުކުމުގެ ނަމުގައި ދިވެހި އެތައް ފައިސާއެއް ނަގައި އެތައް ބަޔަކަށް ކުރީގެ ނައިބުރައީސް އަހުމަދު އަދީބު މެދުވެރިކޮށް ބަހާ މުޅި ދައުލަތް ގަނެލާ ރައީސް ޔާމީނުގެ ޖީބައްލިއެވެ. މިހުރިހާ މައްސަލައެއް ބަލަމުން ދާއިރު ފެށުނީއްސުރެ މިއަދާ ހަމަޔަށް މިކޮމިޝަނުން އެއްވެސް އިސްކަމެއް ނުދީ ނުވަތަ ގަސްތުގައި ނުބަލާ ބައެއްވެސް އެބައޮތެވެ.
އެމް.އެމް.ޕީއާރުސީ ފައިސާގެ ތެރެއިން ޑޮލަރުގޮތުގައި ރައީސް ޔާމީނުގެ އެކައުންޓަށް ޑޮލަރުގޮތުގައި ވަދެފައިވާ މިލިއަން ޑޮލަރުގެ އިތުރުން ރުފިޔާ އާއި އެކީ އަހުމަދު އަދީބު ކޯޓުގައި އަދި ލީކުވީ ލިސްޓުގައިވެސް ވާގޮތުން ރައީސް ޔާމީނަށް 700 މިލިއަނެއްހާ ރުފިޔާ ނަގުދު ދިވެހި ރުފިޔާ އަދި ޑޮލަރުގެ ގޮތުގައި ބޮޑެތި ދަބަސްތަކަށް އަޅައިގެން ދޫވެއްސައް ގެންދިޔަ ވާހަކަ ބުނެފައި އެބައޮތެވެ. އަދި އަލްޖަޒީރާ "ސްޓީލިންގް ޕެރެޑައިސް" ގައި މޮހޯ އަދި އޮއިއްޓޭމެންވެސް އެދަބަސްތައް އުފުލިކަމަށް ބުނެފައި އޮވެއެވެ. އަދި ހުދު ރައީސް ޔާމީނުވެސް ލައިވްޓީވީ ގައި އަހުމަދު އަދީބު ދީގެން "ދޫވެއްސަށް" ވަނީ ހަލާލު ފައިސާއެއް ނޫކަމަށް ވަނީ ވިދާޅުވެފައެވެ. މިފައިސާ ހޯދާކަށް ނުވަތަ ބަލާކަށް ކޮމިޝަނުން މިއަދާ ހިސާބަކަށް ނޫޅެއެވެ.
ރައީސް ޔާމީނަށް ދިން ނަގުދު ފައިސާ ކޮބާ؟
2016 އިން ފެށިގެން 2021 ވަނައަހަރާއި ދޭތެރޭ ރައީސް ޔާމީނުގެ ފައިސާއާއި ހަވާލުވެ އަދި މިއަދުވެސް އެފައިސާ ދައުރުކުރާ ފަރާތްތަކަކީ ކޮބައިތޯ ބަލާލީމެވެ. އެގޮތުން މިއަދުވެސް ރައީސް ޔާމީނުގެ ލޯޔަރުން ހަމަޖެއްސުމާ އަދި މާފުއްޓަށް ދާން ލޯންޗް ހަމަޖެއްސުމުގެ ހަރަދުން ފަށައިގެން ރައީސް ޔާމީނުގެ ދޮށީ ދަރިފުޅަށް ވަޒީފާދީ މުސާރަ ދެނީ ކޮން ވިޔަފާރިވެރިއެއްތޯ އަދި ކޮންވިޔަފާރިއެއްތޯ ތަހުގީގު ކޮއްލީމެވެ.
މިވިޔަފާރި ކުންފުނި އަދި މިވިޔަފާރިވެރިޔާ އަކީ ރައީސް ޔާމީނުގެ ގާތް އަދި 2016 އިން ފެށިގެން މިއަދާއި ހިސާބަށް ރައީސް ޔާމީނު އަތުގައި ހުރި ނަގުދު ފައިސާ އެވިޔަފާރިވެރިޔާ އާއި ހަވާލުކޮށްގެން އެވިޔަފާރިވެރިޔާގެ ކުންފުނީގައި ދައުރުކޮށް އެވިޔަފާރި ވަނީ ވަރަށް ފުޅާކޮށްފައެވެ. 2016 ގައި އެވިޔަފާރިވެރިޔާގެ އާއިލީ މަޝްހޫރު ކުންފުއްޔާ ވަކިން މިވިޔަފާރިތައް ހިންގަމުން ދިޔައީ ވަރަށް އާދައިގެ ގޮތެއްގައެވެ. ކުޑަކެޕިޓަލް އަކުން މާބައިވަރު ޕްރޮޑަޓްސް އެއްނެތިއެވެ.
ނަމަވެސް ރައީސް ޔާމީނުގެ ފައިސާ މިކުންފުނީގައި 2015 އަށްފަހު ދައުރުވާން ފެށިހިސާބުން ކުންފުންޏަށް ދިރުން ލިބި އެތައް ޕްރޮޑަކްޓެއްގެ ސޯލްއޭޖެންޓްކަން ހޯދާ މާލޭގައި އެތައް ހޯލްސޭލް ފިހާރަޔަކާ، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީގައިވެސް ގުދަނާއި ފިހާރަތައް ދަނީ ހަދަމުންނެވެ. އަދި ބޮޑު ސަފާރީތަކެއް ކުރީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ލައްވާ ވަނީ ބަނދެ ނިންމާފައެވެ. މިސަފާރީ އަކީ ހޯލްސޭލް ޕްރޮޑަކްޓްސް ލައިގެން އަތޮޅުތެރެއަށް ދުންވަން ބަންނަ އުޅަނދުތަކެކެވެ.
މިކުންފުނީގެ މައްސަލަ ނުބަލަނީ ކީއްވެ؟ އައްސަދާ މިވިޔަފާރި ވެރިޔާ އަދި މިކޮންޕެނީ އާއި އޮތީ ކޮން ގުޅުމެއް؟
2016 ވަނައަހަރުން ފައްޓައިގެން ރައީސް ޔާމީނު އެމް.އެމް.ޕީ.އާރުސީ އިން ލިބުނު ނަގުދު ފައިސާ މިކުންފުނި އަށް އަޅައިގެން ރޯލްކުރަމުން ލޯންޑަރ ކުރަމުން ގޮސް ފުޅާވެ 2018 ވަނަ އަހަރުގެ ވެރިކަން ބަދަލުވެ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް ކަން ގަބޫލް ކުރުމާ ހިސާބަށް އިސްވެދެންނެވުނު ވިޔަފާރިވެރިޔާގެ ފައިނޭންޝަލް ކޮންޓްރޯލަރަކަށް ހުރީ އައްސަދެވެ. އައްސަދަށް ވަރަށް ރަނގަޅަށް މިކުންފުއްޔަށް ލިބެނީ ރައީސް ޔާމީނުގެ އެމް.އެމް.ޕީ.އާރު.ސީގެ ކަޅުފައިސާކަން އެނގި ހުރެ މިމަގާމާ ހަވާލުވުމުން ތަނާޒިލް ނުވެ ރައީސް ސޯލިހު ދެއްވި މަގާމް ގަބޫލުކޮށް އެކޮމިޝަނުން މިމައްސަލަ ވަކި ދިމާލަކަށް ގެންދަން މަސައްކަތްކޮށް މިވަނީ މަގާމް ނުފޫޒް ބޭނުންކޮއްގެން ވަކި ބަޔަކަށް ފައިދާވާގޮތައް ކަންތައް ކޮށްދީފައެވެ.
2016 އާއި 2018އިގެ ޕެންޝަން އޮފީހުގެ ރިކޯރޑްސްތަކުންވެސް މިވިޔަފާރިވެރިޔާގެ ކުންފުނީގައި އައްސަދު މަސައްކަތްކޮށްފައިވާކަން އެނގެން އެބައޮތެވެ. މިކުންފުންޔަކީ ސިބްކޯއެވެ. އަދި މިކުންފުނީގެ ވެރިޔަކީ ވީބީ ޝަވީދެވެ. މިހާރުވެސް މިއޮފީހަށް އައްސަދު އަންނަކަމާ އަދި ވަރަށް ގިނައިރު ޝަވީދާ ދެމީހުން ވަކިން ތިބޭކަމަށާ އަދި ޝަވީދު ސައިކަލު ފަހަތުންވެސް އައްސަދު ފެނިފައި އެބަހުއްޓެވެ. އަދި މިހާރުވެސް ނުރަސްމީކޮށް އައްސަދައް މުސާރަދޭކަމަށާއި އެސެޓް ރިކަވަރީ ކޮމިޝަން ނިމުނުހާ އަވަހަކަށް ސިބްކޯގެ ފައިނޭންޝަލް ޑައިރެކްޓަރުގެ މަގާމް އައްސަދައް 80،000 ހާސް ރުފިޔާ އާއި އެކީ ވަނީ ހުށަހަޅާފައެވެ.
އައްސަދު ވަރަށް ގިނަ ބައެއްގެ މައްސަލަ ބަލަނީ ޝަވީދު ބުނާގޮތަށް ކަމަށް ވެއެވެ. އެގޮތުން ވަކިބަޔަކު ސަލާމަތްކޮށް ވަކި ބަޔަކު ބައްދަން އިރުޝާދު ދޭކަމަށް ޝަވީދުގެ ގާތް ބައެއް ވަނީ ބުނެފައެވެ. ރައީސް ޔާމީނުގެ އެއްވެސް މައްސަލައެއް އެސެޓް ރިކަވަރީ ކޮމިޝަނަކުން ނުބަލައެވެ. އެކަން ކުރަނީ ޕޮލިހުންނެވެ. އަދި ހަމައެކަނި ރައީސް ޔާމީނަށް ދައުވާ ކުރާކަމަށް ބުނެ ވެރިންގެ ލެވެލް މީޓިންގް ތަކުގައި އައްސަދު މައްސަލަ ޖައްސާކަމަށް ބައެއް ޕީޖީ ވަކީލުން ކިޔާދިނެވެ.
މިއަދު ސިބްކޯ ބާޒާރު، ސިބްކޯ ފުއައްމުލައް، ސިބްކޯ އައްޑޫ، ވަން ބާޒާރު ބައި ސިބްކޯ، ފަމިލީ ގްރޯސަރ ބައި ސިބްކޯ، ސިބްކޯ ފޫޑްސް، ސިބްކޯ ރީޓެއިލް ކިޔާ ނަންހުސްކޮށް މިކުންފުނީގެ ބްރާންޗަތައް ދަނީ ގިނަވަމުންނެވެ. ރައީސް ޔާމީނުގެ ފައިސާތައް ދަނީ އޭގެ އަސްލު އޮޅުވާލާ ޑަބަލް ވަމުންނެވެ. މިމައްސަލަ ބަލާނެ ފަރާތެއްނެތެވެ. އާދެ މައްސަލަ ބަލަން ހަވާލުވެ މިހިރީ އެފައިސާ އެންމެ ބޮޑަށް ދޮވުނު ކުންފުނީގެ ބޭފުޅެކެވެ. މިވަރުން އައްސަދު މަގާމުން ތަނާޒުލް ވާކަށް ނުވޭތޯއެވެ؟ އައްސަދު ބައިވެރިވެގެން މިކުރާ ތަހުގީގުގެ ސައްހަކަމާއިމެދު ސުވާލު އުފެދެއެވެ.
ރައީސް ނަޝީދު ވެރިކަމުގައި ހަތިމްތަކެއް ޕްރިންޓުކުރަން ދިން ޕްރޮޖެކްޓެއްގައި ކޮރަޕްޝަން ހިމެނިގެން އައްސަދު މައްޗައް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ. މިނޫނަސް ރައީސް ޔާމީނު ގެންގުޅުނު ޔޫރޯތައް ގަނެ ވިއްކި ގޮތާ ހުރިހާ މުއާމަލާތެއްވެސް އެބަހުއްޓެވެ. ނަމަވެސް އެއީ އެހެންފަހަރަކުންނެވެ.
4 Responses
މިހަބަރު ލިޔުނު ފަރާތުގެ ނަންޖަހާލުން ރަގަޅު ވަރައްފޭކު
އައްސަދު އަކީ ރ ޔާމީން އާ ތިހާގާތްމީހެއްމަނަ މޑޕ އަކު ނުހުންނާނެ އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ އިސްމީހަކަށް މިސަރުކާރަކުން އިސްކޮށްފަކާނުބަހައްޓާނެ. މީހުންގެ އަބުރު ކަތިލަން ދޮގުހެދިޔަސް ކުޑަކުދިން ނަށްވެސްގަބޫލު ނުކުރެވޭ ފެންވަރައް ޙިޔާލް ފާޅުކުރުމުން ވެއްޓެނީ ނޫހުގެއަގު
ކޮން ކަހަލަ ދިރާސާ އެއް ބާ….ފެން ނެތް ބޮޑުކާށި..
ބުނަން ހަޤީޤީ ވާހަކައެއް އަސްލު ބޮޑު ހިޔާނަތުގެ ލިސްޓު އެ އޮތީ ސަރުކާރު ބެނުން ވާ ގޮތައް އެކުލަވާލަފަ އޭގެ މިސާލެއް މީ ފުރަތަމަ ސަރުކާރުން ވިދާޅުވީ ބޮޑު ހިޔާނަތުގެ މައްސަލާގައި މި ސަރުކާރުގެ މަގާމު ތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ދުރުކުރަން އެކަމަކު އެމްޑީޕީ ވެރިންނަށް އަދި ނެތޯ މަގަމުން ވަކި ކުރާކަށް ހިޔާލެއް !