Ad

ގައްދޫ ޒާހިރަކީ އަޅުގަނޑުގެ ސިޔާސީ އުސްތާޒެއް: ރައީސް ނަޝީދު

ގައްދޫ ޒާހިރަކީ އަޅުގަނޑުގެ ސިޔާސީ އުސްތާޒެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޒާހިރު އާދަމް ނިޔާވުމާއި ގުޅިގެން، ރައީސް ނަޝީދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޒާހިރު އާދަމް އަކީ ރާއްޖެ ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ގިރިފަޅުފިލާ ނެތްވެއް ކަމަށެވެ. ޒާހިރު އާދަމްއަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ރައީސް ނަޝީދު ވަނީ ދުޢާ ދަންނަވާފައެވެ.

ޒާހިރު އާދަމް ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ޒާހިރު އާދަމް ކޯވިޑް-19 އަށް ޕޮޒިޓިވް ދަރުމަވަންތައް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އަދި ހުން ރަގަޅުވުމާއި، ކޯވިޑާ ގުޅުންހުރި އެހެނިހެން އަލާމާތްތައްކަށްވެސް ލުއިކަން ލިބިގެން ގޮސްފައި ވުމާއެކު، ޒާހިރުގެ އެދުމުގެ މަތިން އިއްޔެގެ ވަގުތެއްގައި ގެއަށް ބަދަލު ކުރިއެވެ. ގެއަށް ބަދަލު ކޮށްފައި ވަނިކޮށް، ކުއްލި ގޮތަކަށް ހާލު ގޯސްވެ، އެމެޖެންސީކޮށް ހޮސްޕިޓަލަށްވެސް ގެންދެވުނެވެ. ޒާހިރު އާދަމް ނިޔާވެފައިވަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. ނިޔާވި އިރުވެސް، ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ދައްކައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *