Ad
ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ އެޤައުމުގެ ދިދައާއެކު ދިވެހި ދެ ޒުވާނުން އަޑު އުފުލަނީ
ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ އެޤައުމުގެ ދިދައާއެކު ދިވެހި ދެ ޒުވާނުން އަޑު އުފުލަނީ

އިޒުރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން!

ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އެޤަމުއަށް ވަޒަން ވެރިވެގެން އުޅޭ ޔަހޫދީ ދައުލަތެއްކަމަށްވާ އިޒުރޭލުން ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާ އެއްބަޔަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ރައްޔިތުންނެވެ. ކުދިބޮޑު އެންމެން ގެންދަނީ ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. ޤައުމުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން އެންމެ އާދައިގެ މީހާއާ ހަމައަށް އިޒުރޭލުގެ އަމަލުތައް ކުއްވެރިކޮށް ފަލަސްތީނުގެ މިނިވަން ކަމަށް ދަނީ ގޮވަމުންނެވެ.

ފަލަސްތީނުގެ ދިފާއުގައި ދިވެހިން ހިންގާ ހަރަކާތްތައް ބައިނަލްއަޤުވާމީ މީޑިއާތަކާއި ދުނިޔޭގެ ޤައުމުގެ ތަކުގެ ސަމާލުކަމަށް މިހާރުވަނީ އައިސްފައެވެ. ސޯޝަލް މީޑިއާގައި ފަލަސްތީނުގެ ދިފާއުގައި ދިވެހިން ފާޅުކުރާ ޝުއޫރު ތަކަށް އިޒުރޭލަށް ތާޢީދު ކުރާ ކާފިރުން ބައެއް ފަހަރު ރައްދުދީފައިވެސް އެބަހުއްޓެވެ. ދިވެހިން އަޑުއުފުލަމުންދަނީ ސިއްރަކުން ނޫނެވެ. ފާޅުގައެވެ. އިޒުރޭލުގެ ވެރިންނާއި ބައިނަލްއަޤުވާމީ މީޑިއާތަކަށް ފެންނަ ގޮތަށެވެ.

ފޮޓޯއިން: ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދީފި / ފޮޓޯ: އިރުވަރު އޮންލައިން

ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަނިޔާޔަކާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ގިނަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. ރަށްރަށުގެ ހިންގާ އެކި އެކި ހަރަކާތްތަކާއި، މުބާރާތްތަކުގައި ފަލަސްތީނުގެ ދިދަ ބޭނުން ކުރެއެވެ. ކައުންސިލަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތަކުންވެސް ފަލަސްތީނުގެ ދިދަ ފެނިފައިވެއެވެ. މީގެއިތުރުން ދިވެހިން ފަލަސްތީނާ އެއްކޮަޅަށް ތިބިކަން ހާމަކުރުމުގެ ގޮތުން މިއަދު މާލޭގައި ވަނީ ވަރަށް ތަފާތު ހަރަކާތެއް ހިންގާފައެވެ.

ފަލަސްތީނުގެ ދިފާއުގައި ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ: ޒިމީސް ކެންވާސަސް

ރާއްޖޭގައި ކޮވިޑު ފެތުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި އާންމުންނަށް ބޭރުގައި އެއްވެ އުޅުމަކީ އެންމެ ރަނގަޅު އަދި ރައްކާތެރި ގޮތަކަށް ނުވާތީ މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ބެލްކަނީ ތަކުންނާއި، ގޭ ދޮރުމަތިން ދިދަ ހިފައިގެން ތިބެއެވެ. ހުރިހާ ދިވެހިންވެސް މުޅި ދުނިޔެއަށް ދޭން ބޭނުންވާ މެސެޖަކީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ތިބީ ފަލަސްތީނާއި އެކުގައި ކަމެވެ. މި ހަރަކާތަކީ ޒުވާނުން އިސްނަގައިގެން ފަލަސްތީނަށް ތާއިދު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ފަލަސްތީނުގެ ދިފާއުގައި ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ: ޒިމީސް ކެންވާސަސް

ސޯޝަލް މީޑިއާ ބަލާލިޔަސް ދިވެހިން ފަލަސްތީނުގެ މުސްލިމުން ދެކެ ވާ ލޯބި އެނގިގެންދާނެއެވެ. ދިވެހިން ދައްކަމުންދަނީ ދިވެހިންގެ ހިތުގައި އިންސާނިއްޔަތަށް އޮތް ލޯތްބެވެ. މުސްލިމުންގެ ދެކެވާ ލޯތްބެވެ. އަނިޔާ ވެރިކަމާ ދެކޮޅުކަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *