Ad
ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދެވުނު ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަނީ:- ފޮޓޯ: ފުލުހުން
ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދެވުނު ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަނީ:- ފޮޓޯ: ފުލުހުން

ރައްޔިތުން އެތިބީ ޝައްކުގެ ނަޒަރު އެކި ދިމާލަށް ހިންގާލަ ހިންގާލަ! ޒަރިޔަންދު

ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް ނަޝީދަށް ދިން ނިރުބަވެރި ޙަމަލާގެ ބޮންގޮއްވަން ފަންޑުކުރި ފަރާތްތަކާއި، ފައިސާ ދައުރުވީ ގޮތާއި، ބަދަލުކުރެވުނު އެކައުންޓްތައް ހޯދާ އަވަހަށް ހާމަކުރަންޖެހޭ ކަމަށާއި، ރައްޔިތުން އެތިބީ ޝައްކުގެ ނަޒަރު އެކި ދިމާލަށް ހިންގާލަ ހިންގާލައި ކަމަށް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާ ގާތް ގުޅުމެއް އޮންނަކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ، ނެޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަންކަން ކުރައްވާ އިސްމާޢީލް ޒަރިޔަންދު މިފަދައިން ވިދާޅުވެފައި މި ވަނީ މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއް ދިނުމުގައި ޢަމަލީ ގޮތުން އިސްކޮށް ހުރި މީހާގެ އިތުރުން އެހަމަލާއާ ގުޅިގެން ހައްޔަރުކުރެވުނު އިތުރު ފަރާތްތަކަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ފަރާތްތަކެއްގެ ގޮތުގައި ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ހާމަކޮށްފައިވީ ނަމަވެސް، މި ހަމަލާގެ އަޑީގައި، ހަމަލާއަށް ފަންޑުކުރުމުގައި، ސިޔާސީ ފަރާތްތައްވެސް ހިމެނޭކަމަށް ތުހުމަތުކޮށް ރައީސް ނަޝީދުގެ ޢާއިލީ އަދި ގާތް ބޭފުޅުންވެސް އިޖްތިމާޢީ މީޑިއާގައި އެކި ފަރާތްތަކަށް އިގިލިދިއްކުރަމުން ގެންދެއެވެ.

ރައީސް ނަޝީދު ބޭނުންކުރަށްވާކަމަށް ޤަބޫލުކުރެވޭ "އެލެކްސް އަޙްމަދު" ޓްވިޓަރ އަތްގަނޑުން އަންގާރަދުވަހު ކުރެއްވި ޓްވިޓެއްގައި، "ކޮބާހޭ ފަންޑްކުރި މީހާ؟" މިހެން އައްސަވައި ސުވާލުއުފައްދާފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *