Ad

ހަރުކަށި ފިޔަވަޅު ތަކާއެކު ތިމަރަފުށި މޮނިޓަރިން އަށް

ތިމަރަފުށިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކާއެކު އެރަށް މޮނިޓަރިންގ އަށް ލައިފިއެވެ.

ތިމަރަފުށީ ސިއްޚީ މަރުކަޒުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު އެރަށުން 22 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. ނަމަވެސް މިވަގުތު ޕޮޒިޓިވްވެފައި ތިބީ 4 މީހުންނެވެ.

އެރަށުގައި ބަލިފެތުރުން ކޮންޓޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރުމާއި، ކައުންސިލްގެ ހުއްދަނެތި އެރަށަށް އަރާ ފޭބުމާއި، ޒަރޫރީ ބޭނުމެއްނެތި ގެއިން ބޭރަށް ނިކުތުމާއި، މާލެ ދަތުރުކުރާ އެއްވެސް އުޅަނދެއްގެ ފަޅުވެރިޔަކު އެރަށަށް ނުފޭބުންފަދަ ފިޔަވަޅުތައް ހިމެނެއެވެ.

ތ. އަތޮޅުގެ ގިނަ ރަށްތަށުގައި މިހާރު ދަނީ ކޮވިޑް ފެތުރެމުންނެވެ، އެއަތޮޅުން އެންމެ ގިނަމީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުގެ ވެރިރަށް ވޭމަންޑޫއިންނެވެ. ވޭމަންޑޫއާއި ތިމަރަފުށީގެ އިތުރުން އެއަތޮޅުގެ ގިނަ ރަށްރަށް މިހާރު ހުރީ މޮނިޓަރިން ހާލަތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *