Ad

ހުއްދަނެތި ބޭރުގައި އުޅުން މަނާކޮށް މާލެ ސަރަހައްދު ބަންދުކޮށްފި

ހުއްދަނެތި ބޭރުގައި ނޫޅެވޭ ގޮތަށް މާލެ ސަރަހައްދު ބަންދުކޮށްފިއެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މާލެ ސަރަހައްދު ފުރަބަންދު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިއަދު ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް އިއުލާންކޮށްފައެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހުން ފެށިން މާލެ ސަރަހައްދުގައި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ވަނީ އިއުލާނު ކޮށްފައިވާކަމަށެވެ. މީގެއިތުރުން ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅެވޭނީ ޚާއްޞަ ހުއްދައެއް ނަގައިގެން ކަމަށް މަބުރޫކު ވިދާޅުވިއެވެ. މިގޮތުން ކޮންމެ ގެއަކުން ދެ މީހަކަށް މި ހުއްދަ ލިބޭނެކަމަށް މަބުރޫކު ވިދާޅުވިއެވެ. އެއީ ހެނދުނުު 8:00 އިން މެންދުރު 12:00 އަށް ބޭރުގައި އުޅުމަށް ގެއަކުން އެކަކަށް ދޫކުރާ ފާހަކާއި މެންދުރު 12:00 އިން 16:00 އަށް ބޭރުގައި އުޅުމަށް ދޫކުރާ އެއް ފާހެވެ. މީގެއިތުރުން މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ. މި ފާސް ދޫކޮށްފައި އޮންނަނީ އެގަޑީގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުމަށްޓަކައި ކަަމަށް މަބްރޫކް ވިދާޅުވިއެވެ. ކޮންމެ ގޭބީސީއަކަށް 2 ޕާމިޓް ދޫކުރާއިރު، ގޭބީސީއަކަށް ބަލާނީ ކޮންމެ ގޭބީސީއެއްގެ ކަރަންޓް މީޓަރަށެވެ.

މި ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ފާސް ހޯދުމަށް  ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް އެދެވޭނެކަށެވެ. ޝަރީފް ވިދާޅުވީ ފުލުހުން ދޫކުރާ ޕާމިޓް ނުވަތަ ފާސްތައް ކްރޮސް ސިޓީގައި ބޭނުން ނުކުރެވޭނެކަމަށެވެ. އެގޮތުން މާލޭގެ ގެއަކަށް ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ދަތުރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެހެން މީހެއްގެ ފާހެއް ބޭނުންކުރާނަމަވެސް ފިޔަވަޅު އަޅާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *