Ad

މާލޭ ޖަލުން ނެގި ހުރިހާ ރޭންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މާލޭ ޖަލުން ނެގި ހުރިހާ ރޭންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އިރުވަރުނޫހަށް އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާގޮތުގައި މާލޭ ޖަލުގެ ފަސް ގޮޅިއަކުން ނެގި 5 ސާމްޕަލްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މާލޭ ޖަލުގައި ހުރި ބަންދުމީހަކާ ހަވާލާދީ އޭނާގެ ވަކީލު ވިދާޅުވެފައިވަނީ މާލޭ ޖަލުން ޕޮޒިޓިވް ވެފައިވަނީ ބޮޑެތި ގޮޅިތަކުގައި ތިބޭ މީހުންނާއި ކުދި ގޮޅިތަކުގައި ތިބޭ މީހުންނެވެ. ބޮޑު ގޮޅިއެެއްގައި 10 މީހުން ބަންދުކޮށްފައި ތިބެއެވެ. އަދި ކުޑަ ގޮޅިއެއްގައި 4 މީހުން ތިބެއެވެ. ވަކީލު ވިދާޅުވީ މާލޭ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި މީހުން ތިބި ގޮޅިތަކުގައި ތިބި ހުރިހާ ޤައިދީންގެ ގައިންވެސް ކޮވިޑުގެ އަލާމާތް ފެންނަކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

މިކަމާގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލުތަކުގައި މިވަގުތު 26 ޤައިދީއަކު ޕޮޒިޓިވްވެފައި އެބަތިބިކަމަށެވެ. އެއީ އައްސޭރި ޖަލުން 11 ގައިދީންނާއި، މާލޭ ޖަލުން 13 ގައިދީންނާއި ހުޅުމާލޭ ޖަލުން 2 މީހުންކަމަށް އަހުމަދު މުޙައްމަދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *