މިއީ މިއަދު ސޯޝަލް މީޑިއާގައި އައްޑުއަތޮޅު އަންހެންކުއްޖަކު ކުރިސުވާލުތަކެކެވެ. އައްޑުއަތޮޅަކީ އެންމެ ކުރީ ޒަމާނުއްސުރެ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އޮތް އެންމެ މުހިއްމު އަތޮޅެވެ. ބޮޑު ހަނގުރާމައިގައިވެސް އަދި އެއަށްފަހުވެސް އައްޑޫއަކީ އެންމެ ބޮޑަށް ތަރައްގީ ކުރެވެން އޮތް އަތޮޅެވެ. ނަމަވެސް ގަސްތުގައި ނާސިރުގެ ވެރިކަމުން ފަށައިގެން ދެ ގައްޔޫމުވެސް އައްޑުއަކަށް އަޅައެއް ނުލިއެވެ. އައްޑޫ މީހުނަށް ވަރަށް ދެރަކޮށް ކަންތައް ކުރިއިރެއް ދިޔައެވެ. އަދި އައްޑޫ ތަރައްގީ ނުކުރުމުން އައްޑޫގެ އެތައް ބައެއް މާލެއައިސް ވިޔަފާރިކޮށް މާލެ މީހުނާ އިނދެ އައްޑޫއަކަށް އެއްވެސް ކަމެއް ނުކޮށްދެއެވެ.
ސާރކްސަމިޓް އައްޑޫގައި ބާއްވަން އުޅުނީމައި އެންމެ ބޮޑަށް އިދިކޮޅުހެދީ ޑީއާރުޕީ އަދި މިހާރު ޕީ.ޕީ.އެމް އެވެ. އައްޑޫއަށް ތަރައްގީއެއް އަންނަންޏާ ބަޔަކަށް ވަރަށް އަސަރުކުރާނެއެވެ. އެގޮތުން މިހާރު އައްޑުއަތޮޅުގައި އެންބަސީއެއް އަޅަން އުޅޭތީ ހަމަ އެއްކަލަ ގުރޫޕު އެކްޓިވޭޓްވެއްޖެއެވެ. އެގޮތުން ސޯޝަލް މީޑިއާގައި އިންޑިއާ އައުޓް ގޮވި ގުރޫޕް މިހާރު ސޭވް އައްޑޫ ޖަހައިގެން ކެންޕޭނެއް ފަށައިފިއެވެ.
ރައީސް ޔާމީނު ވެރިކަމުގައި ހެލި ކޮޕްޓަރުގެނެސް އިންޑިއާއި އެކީ ޕޮލިސް ޓްރެއިނިންގް ސްކޫލް އަޅަން ބިންދީފައި އެގްރިމަންޓްތައް ހަދާފައި މިހާރު ވެރިކަން ގެއްލުނީމާ މިސަރުކާރުގެ ބޮލުގައި އެހުރިހާކަމެއް އަޅުވައިގެންވެސް ބެލީ އިންޑިއާ އައުޓޭ ގޮވޭތޯއެވެ. ނަމަވެސް މިއޮއްފަދަ ކޮވިޑްގެ ބަލިމަޑުކަން ޖެހިގެން ވެކްސިނާ އަދި މާލީ ހުރިހާ އެހީއެއްވެސް ދިނީ އިންޑިއާއިންނެވެ.
އައްޑޫއަށް މިވަރުގެ ކަމެއްވެސްވާކަށް މާލޭގައި މިއުޅޭ މީހުނެއް ބޭނުނުމެއްނުވެއެވެ. މިމީހުން ބޭނުންވަނީ އައްޑޫ ފަޅުކޮށް ބާއްވާށެވެ. މިއަދު އިނގެރޭސިން ފޭބިއިރުން ފެށިގެން އައްޑޫ ތަރައްގީކުރިނަމަ ކުޑަ ދުބާއީއަކަށްވީހެވެ. އަދި އައްޑޫގެ ތަރައްގީއާއި އެކީ ފުވައްމުލައް އަދި ހުވަދު އަތޮޅުވެސް ތަރައްގީވީހެވެ. ނަމަވެސް މީގެން އެއްވެސް ކަމެއްނުކޮށް އަދި ދެން ލިބެން އޮތްކުރިއެރުމެއްވެސް މިބަލަނީ ހުއްޓުވޭތޯއެވެ. އައްޑޫގައި އެންބަސީއެއްއަޅަން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އޮތްގައުމުގެ ކެބިނެޓުން ނިންމުމަކީ އައްޑުއަތޮޅަށް ލިބުނު ފަހުރެކެވެ. އިންޑިއާ ކޮންސުލޭޓް އެޅުމުން އެތާންގެ ވިޔަފާރިވެރިން އައްޑޫގައި ވިޔަފާރި އާއި އިންވެސްޓްމެންޓް ގެންނަން އިތުބާރު ބޮޑުވާނެއެވެ. އަދި އެހެން ގައުމުތަކުންވެސް އައްޑޫ ސިޓީގައި ކޮންސިއުލޭޓް އަޅަން އިސްނަގާނެއެވެ.
މިއީ އަންޒަމާނުކަރަޔައް ވައިއެރިއިރެއްނޫނެވެ. މިއަދު ގައުމުތައް ހިފާކަށް ނާންނާނެއެވެ. ސަރަހައްދީ ގައުމުތަކުގެ ވާދަވެރިކަމުގައި ރާއްޖެއިން ޖެހޭނީ ބެލެންސްކޮށް ހުރިހާ ގައުމަކާވެސް ގުޅިގެން އުޅޭށެވެ. އިންޑިއާ އަކީ އެންމެ ގާތުގައި އޮތް އެކުވެރި ގައުމެވެ. ކޮންމެ ސަރުކާރެއް އޮތަސް އިންޑިއާއިން އެހީވެދެއެވެ. މިއީ ސިޔާސީ ކޮށްގެން އަބަދު ފިތުނަވެރިކުރަންވީ ވަގުތެއް ނޫނެވެ. މިއީ އިސްތިރާޖީ އަދި ހާރިޖީ ކަންތައް ވިސްނުންތެރިކަމާއި އެކީ ނިންމަންވީވަގުތެވެ.
3 Responses
އައްޑޫ ވީމާ ކަޑަވެގެން ނޫން މިއުޅެނީ ބަނގުލަދޭޝް ގެ ކޮންސިލް އޮފީހެއް އޯކޭ.ވެގެން މިއުޅޭ ގޮތަކީ އިންޑިޔާ ސިފައިންގެ މަރުކަޒުތައް ގާއިމުކޮށް އެސިފައިންނަށްޓަކާ ގާއިމުކުރާ އޮފީސް ވީމާ ކަޑަ.
މާލެފިޔަވާ ޢެއްވެސް ރަށެއްގައި ކޮންސިއުލޭޓް އެއް ހެދުމަކީ ބުއްދިވެރި ކަމަކަށް ވާނެހެނެއް ހިއެއް ނުވެ. ފިއުޗަރ އައް ވިސްނަން ޖެހޭ.
މާލެފިޔަވާ ޢެއްވެސް ރަށެއްގައި ކޮންސިއުލޭޓް އެއް ހެދުމަކީ ބުއްދިވެރި ކަމަކަށް ވާނެހެނެއް ހިއެއް ނުވެ. ފިއުޗަރ އައް ވިސްނަން ޖެހޭ.