Ad
އިދިކޮޅު ކޯލިޝަން އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު-: ފޮޓޯ: އަވަސް
އިދިކޮޅު ކޯލިޝަން އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު-: ފޮޓޯ: އަވަސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަޢުދީ ކޮންސިއުލޭޓްތައް ހުޅުވައިފިނަމަ ޙައްޖު ޢުމްރާއަށް ދާ ރައްޔިތުންނަށް ކިހާފަސޭހަވާނެ؟ ހީނާ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަޢުދީ ކޮންސިއުލޭޓްތައް ހުޅުވައިފިނަމަ ޙައްޖު ޢުމްރާއަށް ދާ ރައްޔިތުންނަށް ކިހާފަސޭހަވާނެތޯ ވިދާޅުވެ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަށް އެ ޤައުމުގެ ސަރުކާރުން ނިންމި ނިންމުމާއެކު އެކަމަށް ތާޢީދުކޮށް ވާހަކަދައްކާ ފަރާތްތަކަށް އަމާޒުކޮށް ނުސީދާ ރައްދެއް ހީނާ ވަލީދު ދެއްވައިފި އެވެ.

ޓީވީ އެމްގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވުމަށްފަހު ސިޔާސީ ދާއިރާއަށް ނުކުންނަވައި އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނެއްގެ މަޤާމު މިހިނދު އަދާކުރަށްވަމުން ގެންދަވާ ހީނާ ވަލީދު މިފަދައިން ވިދާޅުވެފައި މި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިންޑިއާގެ އެމްބަސީ އެއް އައްޑޫ ސިޓީގައި ހުޅުވުމަކީ އެ ސިޓީއަށް ތަރައްޤީ ލިބިގެންދާނެ ކަމެއްކަމަށް އައްޑޫ ސިޓީގެ އައު މޭޔަރ ނިޒާރު ވިދާޅުވެފައި ވާއިރު، އެކަމުގެ ސަބަބުން އައްޑޫގެ ޢާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ނުހަނު މަންފާ ކުރާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުން ގެންދިއުމާ ގުޅިގެން އެފަދަ ވާހަކަތަކަށް ދެއްވި ނުސީދާ ރައްދެއްގެ ގޮތުގައި ހީނާ ވަލީދު ކުރެއްވި ޓްވީޓްގައި، ވިޔަފާރިވެރިންނަށް ފައިދާކުރާނެ ކަމަށް ބުނާ ވާހަކަތަކަށްވެސް ރައްދުދެއްވާފައި ވެއެވެ. އެގޮތުން، ތައިލެންޑްގެ ކޮންސިއުލޭޓް ހުޅުވައިފި ނަމަ ވިޔަފާރިވެރިންނަށްވެސް ކިހާ ފަސޭހަވާނެތޯ ވެސް ހީނާ ވަލީދުގެ މި ޓްވީޓުގައި އައްސަވާފައި ވެއެވެ.

އިންޑިއާއަކީ ދިވެހިރާއްޖެއިން އެ ޤައުމަށް އިންތިހާއަށް ބަރޯސާ ވާންޖެހޭ ޤައުމެއްކަމީ އެއްވެސް ރައްޔިތަކުމެ ދެބަސްވާނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް ޢާންމު ކާބޯތަކެތީގެ ބާވަތްތަކުގައެވެ. އަދިހަމަ ބައިނަލް އަޤްވާމީ ދުނިޔެއާ "އެކަހެރި" ވުމަށްވެސް އެއްވެސް ރައްޔިތަކުމެ ނޭދޭމެއެވެ.

އެހެންނަމަވެސް، ދިވެހި ދައުލަތަކީ ކިތަންމެ ޟަޢީފު (ނިކަމެތި) ޤައުމެއް ނަމަވެސް، ދިވެހި ދައުލަތީ މިނިވަން ދައުލަތަކަށްވުމާއި ދިވެހީންނަކީ ސުންނީ މުސްލިމުން ކަމުގައި ވުމުން، މި ދައުލަތުގެ އަސާސީ ދެ ބަހާކަމުގައިވާ މިނިވަންކަމާއި ޢަޤީދާ އިން އެއްވެސް މިންވަރެއް ބަދަލެއްގެ ގޮތުގައި ދައްކަންޖެހޭ ނަމަ، މަގޫފަތާއި ފަޅޮލު ބުޑު ކައިގެންވެސް މި ދެބަހާ ޖީލުތަކަކަށް ރައްކާތެރިކޮށްދެއްވި ކާބައިފައިންގެ މައިބަދަތަކުން ނުކުތް ދިވެހިންގެ އަދުގެ ޖީލުވެސް އެފަދަ ކަމަކަށް ނުވަތަ އެފަދައިން ވެދާނެކަމަކަށްވެސް ނުރުހޭނެކަން އެ ރައްޔިތުން ވެރިކަމުގެ އަމާނާތް ޙަވާލުކޮށްދިން ވެރިންގެ ހަނދާނުން ކައްސާލައިގެން ނުވާނެކަން މެނުވީ، އިޖްތިމާޢީ މަންސަތަކާއި އޮޅިތަކަށް ރައްޔިތުން "އޮއްސާ" ކަންބޮޑުވުމާއި އުދާސްތައް ދޭހަކޮށް ނުދޭކަން ކަހަލަ ނޫންހެއްޔެވެ!

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ހީނާ ތިވިދާޅުވީ ވަރައރަނގަޅުވާަހަކަ އެއް.
    އިންޑިއާ ކޮންސިއުލޭޓެއް ހުޅުވީމާ އަޅުވެތިކަމުގެ ބިރުއެބައޮތ.
    މިއީހަގީގަތެއްކަމަށ ގަބޫލުކުރެވޭވަރުގެހެކި ލޮލަށފެނި ކަނފަތަށ އަޑުއެބައިވޭ.
    މިހާރުވެސް ތިއަވށޓެރި ގައުމުން މުސލިމުނނަށ ކުރަމުނއެދާއަނިޔާއާ ހަދަމުނއެދާ ގޮތަށވިސނާ ފިކުރުކުރޭ.

  2. ސަރުކާރުން ކެރާ ކޮމްމިކަމަކި ނިޒަރު އެއްބަސް ވޭހެއް އެމް އެމްޕީ އާރުސީ ވަގޮލިސްޓާއި ނަންތެބޮއްނުނީ އެހެންވީމެއި އެއިނީ ނަގުލައް ބަރައް އަރުވަފެއި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *