Ad

މާލޭ ބަންދުކުރިތާ 2 ދުވަސް ފަހުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

ކޮވިޑްގެ ހާލަތު މާލޭގައި ގޯސްވުމާއި ގުޅިގެން ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭގައި ހަރުކަށި ފިޔަވަޅުތަކެއް އެޅިތީ 2 ދުވަސް ފަހުން މާލެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 901 މީހުންނެވެ. މީގެތެރެއިން 468 މީހުން ޕޮޒިޓިވްވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 417 މީހުން ޕޮޒިޓިވްވިއިރު ރިސޯޓްތަކުން 11 މީހުންނާއި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ހަތަރު މީހުންގެ އިތުރުން  އިންޑަސްޓްރިއަލް ރަށަކުން އެކަކު މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ.

މިމަސް ފެށުނު ފަހުން މާލޭގައި އެއްވެސް ކޮންޓްރޯލެއްނެތި ކޮވިޑް ފެތުރެން ފެށިއެވެ. ބައެއް ދުވަސްދުވަހު 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވާ އަދަދު 2 ހާހުން މައްޗަށް އެރިއެވެ. މިއާއެކު ބަލި ކޮންޓްރޯލް ކުރުމަށް މިމަހު 26 ވަނަ ދުވަހު ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *