Ad
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބޭއްވި ހަރަކާތެއްގައި ކަންނެލި އޮޑިފަހަރުތައް-: ފޮޓޯ: ބީކޭއެމްޔޫ 
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބޭއްވި ހަރަކާތެއްގައި ކަންނެލި އޮޑިފަހަރުތައް-: ފޮޓޯ: ބީކޭއެމްޔޫ 

މަސްވެރި އާއިލާތައް އަތްމަތި ހުސްވެ ދަރަނިވެރި ވެއްޖެ: ބީކޭއެމްޔޫ

މަސްވެރި އާއިލާތައް އަތްމަތި ހުސްވެ ދަރަނިވެރިވެއްޖެ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ބީކޭއެމްޔޫ އިން ބުނެފި އެވެ.

މަސްވެރިންގެ ޙައްޤުޤައި ވަކާލާތުކޮށް އަޑުއުފުލާ މަދަނީ ޖަމާޢަތެއްކަމަށްވާ ބީކޭއެމްޔޫ އިން މިފަދައިން ބުނެފައި މި ވަނީ އެ ޖަމްޢިއްޔާގެ ރަސްމީ ޓްވިޓަރ އަތްގަނޑުން މިއަދު ކުރި ޓްވީޓެއްގަ އެވެ.

މިހިނގާ 2021 ވަނަ އަހަރަކީ ކަންނެލި މަސްވެރިކަން މިހާތަނަށް އެންމެ ދަށް އަހަރުކަމަށާއި ކަންނެލި މަސްވެރިކަމުގެ ޞިނާއަތް ނެތިހިނގައިދާނެ ކަމުގެ ބިރު ބޮޑުވެއްޖެކަށްވެސް އެ އެ ޓްވީޓްގައި އިތުރަށް ބުނެފައި ވެއެވެ.

އެތަކެއް ދިވެހި ޢާއިލާތަކުގެ ދިރިއުޅުމާ ސީދާގޮތެއްގައި ގުޅިފައިވާ މި ޞިނާޢަތުގައި ޙަރަކާތްތެރިވާ މަސައްކަތްތެރީންގެ ކަންބޮޑުވުންތަކުގެ އަޑުއުފުލަމުން ގެންދާ ޢުމުރުން ހަގު މި ޖަމްޢިއްޔާ އިން ރައީސް ޞާލިޙްގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޙުސައިން ރަޝީދު ޙަސަން ވެސް ޓެގްކޮށް ކޮށްފައިވާ މި ޓްވީޓް ނިންމާލަމުން، މަސްވެރިންގެ ޝަކުވާ އަޑުއަހާނެ ފަރާތެއް ނެތީތޯ އަހައި ސުވާލު އުފައްދާފައި ވެއެވެ.

މުޅި ދުނިޔޭގައި ވެސް ފެތުރެމުން އަންނަ ކޮވިޑް19 ޢާލަމީ ވަބާ ރާއްޖޭގައިވެސް ފެތުރެން ފެށިފަހުން ދެވަނަ އަހަރަކަށް ދުވަސްތައް ގުނަމުން ގެންދާއިރު، މި ބަލިމަޑުކަމުގެ ސަބަބުން އެ ޞިނާޢަތަކަށް އެންމެ ބޮޑަށް އަސަރުކޮށް އަދި ސީދާގޮތެއްގައި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރެއްކޮށްފައިވާ އެއް ދާއިރާއަކީ މަސްވެރިކަމުގެ ދާއިރާކަން ފާހަގަކޮށްލެވެ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *