Ad

ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު ކާމިޔާބުކޮށް ބްރެންޓްފޯޑުން އިނގިރޭސި ޕްރިމިއާ ލީގަށް!

ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު ކަމަށްވާ، އިނގިރޭސި ޗެމްޕިއަންޝިޕް ގެ ޕްލޭއޮފް މެޗު ކާމިޔާބުކޮށް ބްރެންޓްފޯޑުން އެ ކްލަބްގެ ތާރީހުގައި އަލަށް އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެއެވެ.

އިނގެރޭސި ރަސްމީ ދަނޑުކަމަށްވާ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗް ބްރެންޣްފޯޑުން ކާމިޔާބުކުރީ ސްވަންސީ ސިޓީ އާ ބައްދަލުކޮށް 2-0 ކުރި ހޯދައިގެންނެވެ.

މިރޭ ކުޅުނު ފައިނަލުގައި ބްރެންޓްފޯޑުން ވަނީ ފުރަތަމަ 20 މިނިޓް ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. ބްރެންޓްފޯޑުން ލީޑުނެގީ މި ފަހަރު އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީ ދެ ވަނަ ޑިވިޝަނުގެ އެންމެ ގިނަ ގޯލު ވެސް ކާމިޔާބުކުރި އިވާން ޓޯނޭ ވައްދާލި ޕެނަލްޓީންނެވެ. އޭގެ 10 މިނިޓް ފަހުން އެމިލިއާނޯ މޮރްކޮންޑޭސް ވަނީ ބްރެންޓްފޯޑްގެ ލީޑުފުޅާކޮށްދީފަ އެވެ.

ޕްލޭއޮފް ފައިނަލް މެޗުން މޮޅުވުމާ އެކު ބްރެންޓްފޯޑަށް ގާތްގަނޑަކަށް 178 މިލިއަން ޕައުންޑް (252 މިލިއަން ޑޮލަރު) ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފުޓްބޯޅަ އެހެން މެޗުތަކަށް ވުރެ މި މެޗުގެ އަގު ބޮޑުވަނީ ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެންނެވެ. ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިގެން ވެސް އެންމެ ގިނަވެގެން ހޯދެނީ 90 މިލިއަން ޑޮލަރެވެ. އަދި ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ލިބެނީ 38 މިލިއަން ޑޮލަރެވެ.

އަންނަ އަހަރުގެ ޕްރިމިއާ ލީގުގައި ބްރެންޓްފޯޑްގެ އިތުރުން ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓްވެގެން ގޮސް ވާދަކުރާނީ ދެ ވަަނަ ޑިވިޝަންގެ ޗެމްޕިއަން ނޯވިޗް ސިޓީ އާއި ރަނަރަޕަށް ދިޔަ ވަޓްފޯޑް އެވެ. މި ދެ ޓީމު ޕްރިމިއާ ލީގަށް މި އައީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

މިފަހަރު ޕްރިމިއާ ލީގުން ރެލިގޭޓްވީ ޝަފީލްޑް ޔުނައިޓެޑާއި، ވެސްޓްބްރޯމްގެ އިތުރުން ފުލަމްއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *