Ad

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެއްޖެއެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 99،075 ޓަނުގެ މަސްވަނީ އެކްސްޕޯޓްކޮށްފައެވެ.

އެކްސްޕޯޓުކުރިމަހުގެ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ މި މުއްދަތުގައި ރާއްޖޭން ބޭރުކުރި ގަނޑުކުރި ކަޅުބިލަމަހުގެ އަދަދު އިތުރުވުމެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ޕައުޖުގައި ބަންދުކޮށްގެންނާއި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދުވެސްވަނީ 35 އިންސައްތަ އިތުރުވެފައެވެ. އަދި ޕްރޮސެސްކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދުވަނީ 76 އިންސައްތަވަނީ އިތުރުވެފައެވެ.

ކަނޑުކުރި ކަޅުބިލަމަހާއި، ކަޅުބިލަ މަހުގެ އުފެއްފުންތައް އިތުރުވިނަމަވެސް މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި ރީނދޫ އުރަހަ ކަންނެލިމަހުގެ އަދަދުވަނީ މި މުއްދަތުގައި 28 އިންސައްތަ ދަށްވެފައެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސް ގަންނަ ފަރާތްތަކުން މަސް ގަތް މިންވަރު ވަނީ ދަށްވެފައެވެ. މަސް ގަނެފައިވާ އަދަދު ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުގައި ބުނެފައިވަނީ ކަންނެލި މަސް ގަންނަ ކުންފުނިތަކުން މަސްވެރިންގެ އަތުން ގަނެފައިވާ މަހުގެ އަދަދު ދަށްވުމެވެ. އެގޮތުން ކަންނެލި ގަނެފައިވާ އަދަދުވަނީ 41 އިންސައްތަ ދަށްވެފައި ކަމަށްވެސް އެމްއެމްއޭގެ ރިޕޯޓްގައިވެއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މިއަހަރަކީ ކަންނެލީގެ މަސްވެރިކަން އެންމެ ދަށް އަހަރު ކަމަށެވެ. ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށްވެސް ވަނީ ކަންނެލި ހޯދުމަށް ދަތިވެފައެވެ. އެކަށީގެންވާ ވަރަށް ކަންނެލި ނުލިބުމުގެ ސަބަބުން ކަންނެލީގެ އަގު ވަނީ އުފުލިފައެވެ. ކަންނެލި ގަންނަ ކުންފުނިތަކުން މިދުވަސްވަރު ކަންނެލި ކިލޯއެއް ގަންނަނީ 100 ރުފިޔާއަށްވުރެ މަތިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *