Ad

ކޮވިޑް ބަލިމަޑުކަމުގައި އޮއްވައި، ދުނިޔެއަށް ފުޓުބޯޅައިގެ ބޮޑު ޢީދެއް!

މިފެށޭ ޖޫން މަހަކީ ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑު ދެ މުބާރާތްތެއް ބޭއްވޭ މަހެކެވެ. ޔޫރަޕްގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތްކަމުގައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތާއި ދެކުނު އެމެރިކާގެ ޤައުމުތަކުގެ މެދުގައި ބާއްވާ ސަރަޙައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތްކަމުގައި ކޮޕާ އެމެރިކާ ޖޫންމަހު ބާއްވާނެއެވެ. ޔޫރޯ ފެއްޓޭތާ 01 ދުވަސް ފަހުން ކޮޕާ އެމެރިކާ ފައްޓާނެއެވެ.

ސަރަޙައްދީ ފުޓުބޯޅަ މުބާރާތްތަށް އެއްފަހަރާ އެއްދުވަސް ވަރެއްގައި ބޭއްވުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާކަމެކެވެ. ކޮޕާ އެމެރިކާއަކީ ކޮންމެ ދެ އަހަރަކުން 1 އަހަރު ބާއްވާ ފުޓުބޯޅަ މުބާރާތެކެވެ. ޔޫރޯ އަކީ ކޮންމެ 4 އަހަރަކުން 1 އަހަރު ބާއްވާ ފުޓުބޯޅަ މުބާރާތެކެވެ. މިމުބާރާތްތަކުގައި ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މޮޅެތި ކުޅުންތެރިން ވާދަކުރާނެއެވެ. ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ބާއްވަނީ އާޖެންޓީނާގައެވެ. ވީމާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް މިއީ ވަރަށް ޚާއްޞަ މުބާރާތަކަށް ވެގެންދާނެއެވެ.

އަނެއްކޮޅުން، ޕޯޗުގަލްގެ ރޮނާލްޑޯ އަށް މިއީ އޭނާ ފެންނަ އެންމެ ފަހުގެ ޔޫރޯ އަށްވެސް ވެދާނެއެވެ. ޕޯޗުގަލް އޮތީވެސް މަރުގެ ގްރޫޕުގައެވެ. މިގްރޫޕުގައި ދެން އޮތީ، ފްރާންސާއި ޖަރމަނީގެ އިތުރުން ހަންގޭރީއެވެ. ވީމާ، މިއީ ކޮންމެ ޓީމަކަށްވެސް އުނދަގޫ ގްރޫޕެކެވެ.

މުބާރާތުގައި ފެންނާނެ ޢުއްމީދީ ޒުވާން އެތަކެއް ކުޅުންތެރިންތަކެއް ހިމެނެއެވެ. އެގޮތުން، ފްރާންސްގެ ހުނަރުވެރި އެމްބާޕޭ، އެތުލެޓިކޯ މެޑްރިޑަށްކުޅޭ ޕޯޗުގަލްގެ ފެލިކްސް، ޗެލްސީ އަށްކުޅޭ ޖަރމަނީގެ ހާވެޓްޒް، މެންޗެސްޓަރ ސިޓީއަށްކުޅޭ ސްޕެއިންއަށް ކުޅެން އެއްބަސްވި ފްރާންސްއަށް އުފަން ޑިފެންޑަރ ލެޕޯޓޭ އާއި ޔުވެންޓަސްގެ ނެދަރލޭންޑްސް ޑިފެންޑަރ ޑިލައިޓް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *