Ad
އިސްލާމީ މަރުކަޒުގެ އިމާމް ޝައިޚް އިބްރާހީމް ރަޝީދު ޙަސަން 
އިސްލާމީ މަރުކަޒުގެ އިމާމް ޝައިޚް އިބްރާހީމް ރަޝީދު ޙަސަން 

އިސްލާމްދީނުގެ ހުޅުކޮޅު ނިއްވާލަން އުޅޭ ބައެއްގެ ނިމުން ހިތިވާނެ: އިސްލާމީ މަރުކަޒުގެ އިމާމް

އާރާއި ބާރަކީ މާތް ކަލާނގެ ދެއްވާއެއްޗެއްކަމަށާއި އެ ގެންދަވަނީވެސް ހަމަ އެފަރާތުންކަން ހަނދާންކޮށްދެއްވައި، އިސްލާމްދީނުގެ ހުޅުކޮޅު ނިއްވާލަން އުޅޭ ބައެއްގެ ނިމުން ހިތިވާނެކަމަށް އިސްލާމީ މަރުކަޒުގެ އިމާމް ޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ.

މިޞްރުގެ އަޒުހަރު ޔިނިވަސިޓީގެ އިތުރުން މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ޤުރުއާނާބެހޭ ސައިންސް އިން މަތީ ތަޢުލީމު ޙާޞިލުކުރަށްވައިގެން ހުންނެވި، ބޮޑު ތިލަދުންމަތީގެ ކުޅުދުފުއްޓަށް ނިޞްބަތްވެވަޑައިގަންނަވާ ޒުވާން ޝައިޚް އިބްރާހީމް ރަޝީދު މިފަދައިން ވިދާޅުފައި މި ވަނީ ރޭގެ ވަގުތެއްގައި ފެސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަފްރަތު އުފެއްދުމުގެ ޢަމަލު ކުށަކަށް ހެދުމުގެ ނަމުގައި، ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ޢާންމު ތަނެއްގައި ތުހުމަތެއް ކުރުމަކީވެސް ޖިނާއީ ކުށެއްކަމަށް ބަޔާންކޮށް ބޮޑެތި އަދަބުތައް ކަނޑައަޅައި ޢުޤޫބާތު ޤާނޫނަށް ގެނައުމަށް ސަރުކާރުން ހުށައަޅާފައިވާ އިޞްލާޙުތަކާ ގުޅިގެން ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އިތުރުން ޢާންމުންވެސް އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން ގެންދާ މި ދަނޑިވަޅުގައި ޝައިޚް އިބްރާހީމް ރަޝީދު ކުރެއްވި ޕޯސްޓް ނިންމަވާލައްވަމުން، އިސްލާމްދީނުގެ ހުޅުކޮޅު ނިއްވާލަން އުޅޭ މީހުންގެ ޢަމަލުތަކުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުން އެދި ދުޢާކުރަށްވާފައި ވޭމެއެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔެއްކަމުގައިވާ އަދި ޤައުމީ ޔުނިވަސިޓީގެ ކުރީގެ ޑީން އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކުރެއްވި ޓްވީޓެއްގައިވެސް، ނަފްރަތު އުފެއްދުމުގެ ޢަމަލު ކުށަކަށް ހެދުމުގެ ނަމުގައި ޤާނޫނުލް ޢުޤޫބާތަށް ގެންނަން މަސައްކަތް ފަށާފައިވާ އިޞްލާޙުތަކަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއް ކަމުގައި ޞިފަކުރަށްވާފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *