Advertisement
BML Home 2nd Ad

ޒަލްޒަލާ ސޫރަތުގެ ތަފްސީރު 1

بِسْمِ اللهِ الرَّحْمَـنِ الرَّحِيمِ
{إِذَا زُلْزِلَتِ الأَرْضُ زِلْزَالَهَا * وَأَخْرَجَتِ الأَرْضُ أَثْقَالَهَا * وَقَالَ الإِنسَانُ مَا لَهَا * يَوْمَئِذٍ تُحَدِّثُ أَخْبَارَهَا * بِأَنَّ رَبَّكَ أَوْحَى لَهَا * يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتاً لِّيُرَوْاْ أَعْمَـلَهُمْ * فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْراً يَرَهُ * وَمَن يَعْـمَلْ مِثْقَالَ ذَرَّةٍ شَرّاً يَرَهُ}.

Advertisement
Etukuri Inside ad 300x300 Desktop

إِذَا زُلْزِلَتِ الأَرْضُ زِلْزَالَهَا
ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.

إِذَا زُلْزِلَتِ الأَرْضُ زِلْزَالَهَا “ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.” ގެ މުރާދަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ މިދަންނަވާ ބަސްފުޅުގައި ވަޙީކުރައްވާފައިވާ ކަންތަކެވެ.
﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ﴾ (1) ﴿يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ (2) ﴾ الحج: 1- 2. މާނައީ: “އޭ މީސްތަކުންނޭވެ ތިޔަބައިމީހުންގެ ރައްބަށް ތިޔަބައިމީހުން ބިރުވެތިވާށެވެ ހަމަކަށަވަރުން، ޤިޔާމަތުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ.* ތިޔަބައިމީހުންނަށް އެ ބިންހެލުން ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު ﷲ ގެ ޢަޛާބު ގަދަފަދައީއެވެ.”

ﷲ ތަޢާލާގެ ބަސްފުޅު زِلْزَالَهَا “އޭގެ (އެންމެފަހުގެ) ހެލިގަތުން” ގެ މާނައަކީ ދުވަހަކުވެސް އެފަދަ ބިންހެލުމެއް އައިސްފައިނުވާ، ބޮޑުވެގެންވާ ބިންހެލުމެވެ. وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى “އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ.” މިފަދައިން ﷲ ތަޢާލާ ވަޙީކުރެއްވީ އެމީހުންނަށް އެ ކުރިމަތިވާ ކަންތައްތަކުގެ ބޮޑުކަމުން، އެ ދުވަހުގެ އެ މުޞީބާތުގެ ބިރުވެރިކަމުގެ ބޮޑުކަމުން، އެބައިމީހުން ފެންނާނީވެސް މަސްތުވެފައިވާ ޙާލުގައި ބަޔަކު ތިބޭ ބީދައިން ކަމުގައި ވާތީއެވެ. ޙަޤީޤަތުގައި އެބައިމީހުން އެތިބީ މަސްތުވެފައެއް ނޫނެވެ. ޞިއްޙަތު ސަލާމަތުންނެވެ. އެކަމަކު އެ ބިންހެލުމުގެ ބޮޑުކަމާއި ކުރިމަތިވާ ކަންކަމުގެ ބިރުވެރިކަމުގެ ސަބަބުން މަސްތުވެފައިވާ މީހެއްފަދައިން، ވާނުވާ ނޭނގި، ކުރާނެ ނުކުރާނެ ކަމެއް ނޭނގި އޭނާ ތެޅިފޮޅެނީއެވެ.

وَأَخْرَجَتِ الأَرْضُ أَثْقَالَهَا “އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ ކަށްތައް) ނެރެއުކާލައިފިހިނދެވެ.”
އޭގެ މުރާދަކީ ޤަބުރުތަކެވެ. ތާޅަފިލި ފުމެލެއްވުމާއެކު ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާނެއެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ތާޅަފިލި ފުމެލެއްވުމާއެކު އެއުރެން ތެދުވެ މަޙްޝަރުބިމުގައި ބަލަންތިބޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިން، ޤަބުރުތަކުން ނެރެވި ޢާލަމްތަކުގެ ރައްބުގެ ޙަޟްރަތުގައި މަޙްޝަރު ކުރެވޭނެއެވެ. يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ ﴿المطففين 6﴾ މާނައީ : “(އެއީ) ޢާލަމްތަކުގެ ރައްބުގެ ޙަޟްރަތުގައި އެންމެހާ މީސްތަކުން ކޮޅަށްތިބޭނެ ދުވަހެވެ.”

وَقَالَ الإِنسَانُ مَا لَهَا “އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.”
މިތަނުގައި އިންސާނާގެ މުރާދަކީ ހުރިހާ އިންސާނުންނެވެ. އެދުވަހުން އިންސާނާ ބުނާނެއެވެ. “އެބިންގަނޑަށް އެވަނީ ކީއްހެއްޔެވެ؟ އެބިންގަނޑު އެވަރަށް އެ ހެލެނީ އެބިންގަނޑަށް ފަހެ ކީއްވެގެން ހެއްޔެވެ؟” އެ އިންސާނާ އޭނާއަށް އެ ފެންނަ މަންޒަރުތަކުގެ ސަބަބުން މަސްތުވެފައިވާ މީހަކު ފަދައިން ވާނެތެވެ. އަދި އޭނާ ބުނާނެއެވެ. އެ ބިންގަނޑަށް ވެގެން އެ އުޅެނީ ކީއްހެއްޔެވެ؟ ކަންބޮޑުވުމާއި ބިރުވެރިކަމުގެ ބޮޑުކަމުންނެވެ.

ނުނިމޭ

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add