ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ދެކޮޅަށް ސޯޝަލް މީޑިއާ ކެކިއަރަން ފަށައިފިއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާ ފަރާތްތަކުން ބުނެފައިވަނީ ހެލްތު މިނިސްޓަރުގެ ޒިންމާ އަހުމަދު ނަސީމަށް އަދާ ނުކުރެވޭކަމަށާއި އެހެންކަމުން މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށެވެ. ރާއްޖޭގެ ސިއްޚީ ދާއިރާ ދުވަހަކަށްވުރެ ދުވަހެއް ދަށަށްދާކަމަށާއި ސިއްޚީ ދާއިރާ ބޮއްސުންލައިގެން ދިއުމުން އިސްތިއުފާ ދިނުމަށް މަޖުބޫރު ކަމަށެވެ.
ހެލްތު މިނިސްޓަރުގެ އިސްތިޢުފާއަށް އާންމުން ގޮވަމުން މިދަނީ އެމްބިއުލެންސް ލަސްވެގެން 10 އަހަރުގެ ކުއްޖަކުގެ ފުރާނަ ގެއްލުމާއި ގުޅިގެންނެވެ. އެކުއްޖާ ނޭވާ ހާސްވެ ނޭފަތުން ލޭއަންނާތީ އެމްބިއުލޭންސްއަށް ގުޅުމުން އެންބިއުލޭންސް އައިސްފައިވަނީ ގުޅާތާ 3 ގަޑިއިރުވާން ގާތްވެފައި ވަނިކޮށެވެ. މިކަމާގުޅިގެން އެކުއްޖާގެ އާއިލާއަށް ހެލްތު މިނިސްޓަރު ގުޅުއްވާ ވަނީ މާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް އާންމުން ބުނަމުންދަނީ ނަސީމު އިސްތިއުފާ ދެއްވާ މަޤާމުގެ ޒިންމާ އަދާކުރެވޭނެ މީހަކު ހެލްތު މިނިސްޓަރު ކަމަށް އަޢްޔަން ކުރުމަށެވެ. ހެލްތު މިނިސްޓަރުކަމުން ނަސީމު ވަކިކުރުމަށް ރައީސް ސޯލިހަށްވެސް އާންމުން ގެންދަނީ ގޮވާލަލުންނެވެ.
ރާޢްޖޭގެ ސިއްޚީ ދާއިރާގެ އިހުމާލުން މީހުންގެ ފުރާނަ ދިއުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށް އާންމުން ގެންދަނީ ގޮވަމުންނެވެ، އަދި މިކަމުގައި އިހުމާލުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހައްލުނުވާނެކަމަށް އާންމުން ގެންދަނީ ބުނަމުންނެވެ.
2 Responses
ނަސީމަކީވެސް އިސްރާއީލީ ވިސްނުން ގެންގުޅޭ މީހެކޭ ބުނާކަށް ނެތިން. ޚާއިނެކޭވެސް ނުބުނެވޭނެ. ބާޣީއެކޭވެސް ނުކިޔޭނެ. 19 ދިވެހިން ޝަހީދު ކުރުމުގެ ބައިވެރިއެކޭ ވެސް ނުބުނާނަން.
ޢިސްތިއުފާ.