Ad

އެމްއެމްޕީއާރުސީގެ ލިސްޓް: މަޖިލީހުން ހިންގި އެތައް ބައެއްގެ އަބުރު ކަތިލި، ބޮޑު ޖަރީމާއެއް!

މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕްރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން އެކުލަވާލި ކަމަށް ބުނާ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމެޓީއަކުން އާއްމު ކުރުންވެގެން ގޮސްފައިވަނީ ރައްޔިތުންގެ އުދާސްތައް އުތުރި އެރުން ކަމަށެވެ.

މައްސަލަ އާއި ގުޅިގެން އެއްވެސް ހެއްކެއް ގަރީނާއެއް ނެތި އަދި ތަހުގީގްގައި ސުވާލުވެސް ކޮށްލާފައި ނުވާ އެތައްބައެއްގެ ނަމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން އާއްމް ކުރުމަކީ ދައުލަތުން ހިންގި މަދަނީ ބޮޑު ޖަރީމާ ކަމަށް ބުނެ، އެތައް ރައްޔިތުންނެއް ގެންދަނީ ސުއޫރު ފާޅުކުރަމުންނެވެ.

ލިސްޓް އާއްމު ކުރުމާއި އެކު ރައްޔިތުންގެ ފާޑު ކިޔުން ބޮޑުވެ، އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ އެލިސްޓްގައި ނަން އޮތް އެންމެންނަކީ ކުއްވެރިން ނޫން ކަމެވެ.

" ލިސްޓްގައި ނަން އޮތް އެންމެންނަކީ ތުހުމަތު ކުރެވޭ ބައެއް ކަމަށް ވެސް ނުނިންމަން." ރާއްޖޭގެ މީޑިޔާތަކަށް ދެއްވި އިންޓަރވިއުއެއްގައި އައްސަދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން އާއްމު ކުރި ލިސްޓް އެކުލަވާލި ކޮމިޝަނުގެ ރައީސް އެލިސްޓްގައި ތިބި ބައެއް މީހުންނަށް ތުހުމަތު ކުރެވޭ ވަރަށް ވެސް ހެއްކެއް ލިބިފައިނުވާ ކަމަށާއި ތަހްގީގް ވެސް ފަށާފައި ނުވާކަމަށް ވިދާޅުވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން މިފަދަ ބޮޑު މަދަނީ ޖަރީމާއެއް އެތައް ރައްޔިތެއްގެ މައްޗައް ހިންގީ ކީއްވެ ހެެއްޔެވެ؟  އެމްއެމްޕީއާރުސީ ލިސްޓާއި ގުޅޭގޮތުން މީޑިޔާތަކުން އާއްމު ކުރަމުން ދިޔަ، މައުލޫމާތަކާއި ގުޅިގެން މަޖިލީހުގެ ނައިބް ރައީސް އާއި ކޮމެޓީގެ މެމްބަރުންގެ މަސްލަހަތު ދިފާއުގައި ތަހްގީގް ފުރިހަމަ ނުވާ ލިސްޓެއް ރައްޔިތުންގެ ތެރެއަށް ދޫކޮށްލީތޯ އެވެ؟

މަޖިލީހުން އާއްމު ކުރި ލިސްޓްގެ މައްސަލަ ހޫނުވެފައިވާ އިރު، ރައީސް އޮފީސް ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ އެ ލިސްޓްގައި ތިބި ބައެއްގެ މައްޗައް ފިޔަވަޅެއް ވެސް އެޅީ ތަހްގީގަށް ފަހުގައި ކަމަށެވެ. ސުވާލަކީ އެއްވެސް ތަހްގީގެއްނެތި ދައުލަތަކުން ރައްޔިތެއްގެ އަބުރު ކަތިލާ މިފަދަ ބޮޑު ޖަރީމާއެއް ހިންގީ ކީއްވެބާ އެވެ؟

ލިސްޓްގައި 282 ނަން ހިމެނިފައިވާ އިރު، އޭގެތެރެއިން 176 މީހުންނަކީ ތަހްގީގަށް މިހާތަނަށް ސުވާލެއް ވެސް ކޮށްފައިނުވާ މީހުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެއީ އެ ލިސްޓްގެ 63 ޕަސެންޓް މީހުންނެވެ.

މިހާރު އަމަލް ކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މިޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ލިސްޓް އާއްމް ކުރުން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ގާނޫނު އަސާސީ އާއި ހިލާފްވެފައިވާ ކަމަށެވެ.

ގާނޫނު އަސާސީ އާއި ހިލާފަށް އެތައް ރައްޔިތަކަށް މަޖިލީހުގެ ކޮމެޓީއަކުން މިފަދަ ނާތަހްޒީބީ މަދަނީ ޖަރީމާއެއް ހިންގުމުގެ ތަހްގީގެއް ހިންގަން ޖެހޭ ކަމަށް ބައެއް ރައްޔިތުން ދެކެ އެވެ. ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނެއްގެ ތަހްގީގް ފުރިހަމަ ނުވާ ރިޕޯޓެއް އާއްމްކޮށް އެތައް ބައެއް އަބުރާއި އިއްޒައް ނަނގާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ނޫން ތޯ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

4 Responses

  1. މަސަކީވެސް ދިވެހިރަށްޔިތަކީމެވެ …. މަގޭއެކަޢުންޓަކަ ބަޔަކުދުވަހަކުވެސް.ލާރިޖަމާނުކުރެއެވެ…ދުއިސަށްތައެތައްބަޔެއްގެ އެކައުންޓުނަންބަރުހުއްނަނީ… ބިލްބޯޑުގާޖަހާފަތޯ ހުށްނަނީއެހީހޯދަން އަގަޔާއަތަދިމާނުވާމީހުންތޯހުސް ހާދަދެރަޔޭ މާތްﷲހެޔޮރަހުމަޔްލައްވާސިޔެވެ….

  2. އިޅުހަނޑަށް ދެންނެވޭނީ މަޖްލީހުގައި ތިކަން ކުރެއްވި ބޭފުޅުންގެ ހިތްޕުޅު ގައި ވަނީއިންސާފު ޤާއިމު ކުރެއްވުމަށް ވުރެ ބޮޑަށް ހަސަދަ ފިލުވާލުމެއް ކަމަށ

  3. ހަގީގަތުގައި 19ވަނަ ރައިޔަތުންގެ މަޖިލީސް އެއްވެސްވަރަކަށް ތަސައްރަފަ ފުދޭމަޖިލީހެއް ކަމަށް ބަލައިގައްނަން ވަރަށްވެސް އުނދަގޫ.!

  4. މީގެ އިތުރުން ބައެއް މީހުންގެ ނަން އުނިކޮށްފައވާކަންވެސް ފާހަގަކުދެވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *