Ad

ފްރާންސަކީ ޔޫރޯ 2020 ގެ ފޭވަރިޓް: އާސެން ވެންގާ

ޖޫން 12 ވަނަ ދުވަހު ފެށުމަށް ހަމަޖެފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނެގުމާއި އެންމެ ގާތީ ފްރާންސްކަމުގައި، ކުރީގެ އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ. އާސެން ވެންގާ މިހެން ބުނެފައިވަނީ ފްރާންސްގެ ނޫހެއްކަމުގައިވާ ޓެލެފޫޓަށްދިން އިންޓަވިއުއެއްގައެވެ.

ބައިނަލް އަޤުވާމީ ފުޓުބޯޅަ މުބާރާތެއް ކާމިޔާބުކުރާ ޓީމެއްގައި ޢާންމުކޮށް ތިބޭނީ 28 ނޫނީ 30 އަހަރުގެ ކުޅުންތެރިންކަމަށާއި، އެހެން ނަމަވެސް، މިހާރު ފްރާންސްގައި އޮތް ޓީމަކީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޒުވާން ޓީމެއްކަމުގައި ވެންގާ ބުނެފައިވެއެވެ. މީގެ އިތުރުން ވެންގާ ބުނެފައިވަނީ، ފްރާންސްގެ ޒުވާން ޓީމުންވަނީ 2018 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަންވެސް ހޯދާފައިކަމަށާއި، ފްރާންސް ޓީމު ޕީކަށް އަޅާއިރު، ހިފަހައްޓާލަން އެހެން ޓީމުތަކަށް ވަރަށް އުނދަގޫވާނެއެވެ.

މީގެ އިތުރުން ވެންގާ ބުނެފައިވަނީ، 2013 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ޑިޝޯމްޕްގެ މާސްޓަރ މައިންޑް ޓެކްޓިކްސްތަކާއެކު، 3 ގޯލު ޖަހައިގެން ކޮންމެހެންވެސް ފްރާންސް މޮޅުވާން މަޖުބޫރު މެޗެއްގައި، 3 ގޯލްގެ ތަފާތަކުން ފްރާންސް އިން ފަހަތުން އަރައި ޔުކްރެއިން ބަލިކުރިކުރުމަކީ، އަދި މިހާތަނަށް ފުޓުބޯޅައިގާ ޓީމެއް އެހާ އަނިޔާވެރި ހިތްދަތި ބައްޔަކުން ބަލިކުރިމެޗެވެ.

ވެންގާވަނީ ފްރާންސްގެ ކޯޗު ޑެޝޯމްޕްސްއަށްވެސް ތަޢުރީފުކޮށްފައެވެ. ވެންގާބުނެފައިވާ ގޮތުގައި އެއްފެންވަރެއްގެ އާދަޔާ ޚިލާފު މޮޅެތި ކުޅުންތެރިންތަކެއްގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހޭނެއެވެ. ޚާއްޞަކޮށް، ފްރާންސަކީ އަބަދުވެސް މައްސަލަ ބޮޑު ޓީމެކެވެ. އެހެން ނަމަވެސް، ފްރާންސްގެ ކޯޗުކަމާއި ޑިޝޯމްޕްސް ޙަވާލުވުމަށްފަހު ކުޅުންތެރިންނަށް ކޯޗަށްވުރެ މަތީގައި ނުހުރެވޭނެ ޑެޝޯމްޕްސްވަނީ ސާބިތުކޮށްދީފައެވެ. މީގެ އިތުރުން، ޑިޝޯމްޕްސްގެ އެދުމުގެ މަތިން، ބެންޒެމާ އާއި ޖިރޫޑް ކާންޖެހެނީ އެކުއެކީގައި އެއްމޭޒުގައެވެ. އެއީ، ދެކުޅުންތެރިންގެ ދެމެދުގައި އޮންނަ ވާދަވެރިކަން ގޯސްވިޔަ ނުދީ، ކުޅުންތެރިންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ޤާއިމުކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *