Ad

އިޒްރޭލުގައި އައު ސަރުކާރުގެ ވެރިޔަކަށް ހަމަޖައްސަނީ ނަތަންޔާހޫއަށްވުރެ ނުލަފާ ވެރިއެއް!

ޙައްދު ފަހަނައަޅާފައިވާ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖެމިން ނަތަންޔާހޫގެ މަޤުބޫލުކަން ގެއްލި ސިޔާސީ ކެރިއަރު ނިމުމަކަށް އައިސް ބޮޑު ވަޒީރުކަން ގެއްލުމާއި ދާދި ގާތްވެއްޖެއެވެ. އިޒްރޭލުގެ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކުން މިހާރު ތިބޭ އެއްގަލަކަށް އަރައި ނަތަންޔާހޫ ބޮޑު ވަޒީރުކަމުން ވަކިކުރުމަށެވެ. އެގޮތުން، އިދިކޮޅު 8 ސިޔާސީ ޕާޓީއަކުން ކޯލީޝަނެއް ހަދައިގެން، ވަނީ އައު ސަރުކާރެއް ޤާއިމުކުރަން ނިންމާފައެވެ. ކޯލީޝަން އެއްބަސްވުމުގައި ބުނާ ގޮތުން، ބޮޑު ވަޒީރުކަމުގެ ފުރަތަމަ ދެ އަހަރު ފުރާނީ އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރ ނަފްތާލީ ބެނެޓްއެވެ.

ފަލަސްޠީނު ރައްޔިތުންގެ ދެކޭގޮތުގައި، އިޒްރޭލުގައި ކޮންމެ ސަރުކާރެއް އޮތަސް ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަށް އިޒްރޭލަކުން ހުއްޓައެއް ނުލާނެއެވެ. ކޯލީޝަން އެގްރީމެންޓް ބުނާގޮތުން، ފުރަތަމަ ބޮޑު ވަޒީރުކަމުގައި ހުންނާނެކަމުގައި ބުނާ ނަފްތާލީ ބެނެޓަކީ، ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން އަދި ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ޙައްޤަކާއި ނުލައި މެރުމަށް އިޒްރޭލުން އަމުރު ނެރުނުއިރު، އެޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރ ގެ ގޮތުގައިހުރި ފަރާތެވެ. އޭރުވެސް، ނަފްތާލީ ބެނެޓް ބުނަމުންދިޔައީ، އިޒްރޭލުގެ ރައްޔިތުން ދިފާޢުކުރުމުގެ ޙައްޤު އިޒްރޭލް ސަރުކާރަށް ލިބިގެންވެއެވެ.

ނަފްތާލީ ބެނެޓަކީ އިޒްރޭލުގައި މަޤުބޫލު މީހަކަސް، އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަކީ އިޒްރޭލުގައި އާދައިގެ ޕާޓީއެކެވެ. އެއީ، ނިއު ރައިޓް ޕާޓީއެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައިވެސް ނިއު ރައިޓް ޕާޓީއަށް ލިބުނީ ނާކާމިޔާބެވެ. އެއީ، ނަތަންޔާހޫ އާއި އިދިކޮޅު ލީޑަރ ލެޕިޑްގެ ފަހަތުން 3 ވަނައެވެ.

ނަފްތާލީ ބެނެޓަކީ އެމެރިކާގައި ދިރިއުޅުނު އިޒްރޭލު އަންހެނަކަށް ލިބުނު ދަރިއެކެވެ. އިޒްރޭލުގެ ހައިފާއަށް އުފަންވިއަސް ނަފްތާލީ ބެނެޓްގެ ޅައުމުރު ހޭދަކުރީ އެމެރިކާގައެވެ.  ނަފްތާލީ ބެނެޓަކީ 1996 ވަނަ އަހަރު ސައުތު ލެބަނަންގައި ހިނގާދިޔަ ހަނގުރާމައިގާ ކުށެއްނެތް 103 މީހަކު މަރާލި އެލީޓު ކޮމާންޑޯ ޔުނިޓުގެ އޮފިސަރެކެވެ. ނަފްތާލީ ބެނެޓްގެ ސިޔާސީ ކެރިއަރު ފެއްޓިފައިވަނީ ނަތަންޔާހޫގެ އެހީތެރިކަމާއެކު 2006 ވަނަ އަހަރުއެވެ. ފުރަތަމަ އަދާކުރީ، ނަތަންޔާހޫގެ އިސް އެހީތެރިއެއްގެ މަޤާމެވެ. އޭރު ނަތަންޔާހޫއަކީ އިޒްރޭލުގެ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރަމުންދިޔަ މީހެކެވެ. އޭރުގެ ބޮޑު ވަޒީރަކަށްހުރީ ޝެރޯންއެވެ.

ނަފްތާލީ ބެނެޓަކީ ފަލަސްޠީނު ރައްޔިތުން ދޫކޮށްނުލައި މެރުމަށް އިސްވެހުރި ގޮވާލި މީހާއެވެ. އެއީ 2013 ވަނަ އަހަރުއެވެ. އިޒްރޭލުގެ ކޯލީޝަން ސަރުކާރަށް އަދި މިހާތަނަށް ފަލަސްޠީނުގެ ކަމާބެހޭ އިދާރާއަކުންވެސް އަދި ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކުންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *