Ad
"ފެބްރުއަރީ8" ގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި މޫސައަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެވެނީ-: ފޮޓޯ: އަވަސް

ޑިމޮކްރަސީއޭގޮވާ އޭތިމީތިކިޔަން ތިއްބާ ފިލްމު ނިމުނުއިރު މަފަކީރު އޮތީ ހުދުފޮށައެއްހެން ތަޅާލާފަ: ރީކޯ މޫސަ

ކުރީފަހަރުވެސް ޑިމޮކްރަސީއޭގޮވާ އޭތިމީތިކިޔަން ތިއްބާ ފިލްމު ނިމުނުއިރު އެމަނިކުފާނު އޮތީ ހުދުފޮށައެއްހެން ތަޅާލާފަ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީހުގެ ކުރީގެ ނައިބުރައީސް އަދި އެމްޑީޕީގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައިވާ ރީކޯ މޫސާ މަނިކު މިފަދައިން ވިދާޅުވެފައި މިވަނީ، ޤައުމީ ދިފާއީ ބާރުގެ ވެރިންނާ ރައްޔިތުންގެ މަޖްލީހާ ދެމެދު މިހިނދު އުފެދިފައިވާ "އަރާރުންތައް" އާ ގުޅިގެން، އެމްޑީޕީގެ ސްޕޯކްސް ޕާރސަން އަދި މަޖްލިސް މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ޓްވީޓަކަށް ރައްދުދެއްވައި މޫސާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މިިލިޓަރީ އިން ޕާރލަމެންޓަށް ގޮންޖަހާފައި ބަޔާން ނެރުމަކީ ޑިމޮކްރެޓިކް ސިފައެއް ނޫން. ނުބައި ގޮތަކަށް އަމާޒުހިފާކަމުގެ ބިރު އޮތްކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް."

ވަކިވަކި ސިފައިން މަޖްލީހަށް ހާޒިރުނުކުރެވޭނެކަމަށް އެ މިނިސްޓްރީ އިން ނިންމި ނިންމުން ދިފާޢުކޮށް ޑިފެންސް އިން ނެރެފައިވާ ނޫސްބަޔާނަށް ރައްދުދެއްވައި، މިނިސްޓްރީގެ އެ ނިންމެވުމަށް ފާޅުގައި އެންމެ ބޮޑަށް ބަސްވިދާޅުވާ މެމްބަރެއްގެ ގޮތުގައި ފެންނަމުންދާ އިންތި ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް، މެމްބަރު އިންތިގެ މި ޓްވީޓަށް ރައްދުދެއްވައި ރައްޔިތުންގެ މަޖްލީހުގެ ކުރީގެ ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެފައި ވަނީ؛ "ކުރީފަހަރުވެސް ޑިމޮކްރަސީއޭ ގޮވާ އޭތިމީތިކިޔަން ތިއްބާ ފިލުމު ނިމުނުއިރު މަފަކީރު އޮތީ ހުދުފޮށައެއްހެންތަޅާލާފަ؟ އެދުވަހުވެސް މަރުންސަލާމަތްކުރީ އޭގެ (ސިފައިންގެ) މީހަކު، އެ މުވައްސަސާއަކީ ޓެރަރިސްޓު ޖަމާއަތެއްކަމަށް ސިފަކުރަން މަޖްލިސް މެމްބަރަކަށް ލިބޭ ޤާނޫނީ ބާރެއް މިރާއްޖެއަކު ނޯންނާނެ" ކަމަށެވެ. 

ރީކޯ މޫސަގެ ޓްވީޓްގައި އިޝާރާތް ކުރަށްވާފައި އެވަނީ ރައީސް ނަޝީދުގެ ވެރިކަން "ވެއްޓުނު" ފެބްރުއަރީ 7 އަށް ފަހު ޖެހިގެން އައިދުވަހުގައި ހިނގާދިޔަ ޙާދިޘާއަށެވެ.

ރައްޔިތުންގެ މަޖްލީހުގެ މިހާރުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ޙަމަލާގައި ސެކިޔުރިޓީ "ބްރީޗް" ވެފައިވޭތޯ އާއި އަދި އެކަމުގައި ކަންހިނގާދިޔަ ގޮތް ބެލުމަށް ރައްޔިތުންގެ މަޖްލީހުން ކުރިއަށް ގެންދާ "ޕާރލިމެންޓްރީ އިންކުއެރީ" އާ ގުޅިގެން ޑިފެންސް މިނިސްޓްރީ އާ މަޖްލީހާ ދެމެދު ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. އެ އިންކުއެެރީ ގެ ތެރެއިން ވަކިވަކި ސިފައިން މަޖްލީހަށް ހާޒިރުނުކުރެވޭނެކަމަށް ޑިފެންސުން މަޖްލީހަށް އެންގުމާ ގުޅިގެންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަށްފަހު އެމަނިކުފާނަށް ފޯރުކޮށްދޭ ސެކިޔުރިޓީ އާމެދު ސުވާލު އުފެދޭ ކަންތައްތައް ގިނަކަމަށް ބުނެ، އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންގެ އިތުރުން ގާތް މީހުންނާއި އަދި އެމަނިކުފާނަށް ވަފާތެރި މަޖްލިސް މެމްބަރުންވެސް ސަރުކާރުގެ އިސްވެރިންގެ މައްޗަށްވެސް ތުހުމަތުގެ އިނގިލި ދިއްކުރަމުން ގެންދެއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލު ނާޒިމް ސައްތާރުވެސް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިސްތިޢުފާދެއްވުމަށްވެސް މިއަދު ގޮވާލައްވާފައި ވެއެވެ. އަދި ރައީސް ނަޝީދުގެ ހަށި ފާރަވެރިންގެ ތެރެއިން ވަކި ދެބޭފުޅެއްގެ ނަން ވިދާޅުވެ، ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކޮއްދެއްވީތީވެ (މަސައްކަތްކޮށް ދެއްވީތީވެ) އެ ދެބޭޅުންނަށް ޝުކުރު އަދާކުރަށްވާކަމަށް ވިދާޅުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ. 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޖިނާ އަށް ހާދަވަރެކޭ އެއޮތީ ކޮށްލާފަ. ޙަމަ ނަސީބު އެނބުރި އައިކަން މިކޮޅަށް. ޙެޔޮނުވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *