Ad

ކޮޕާ އެމެރިކާ ބާއްވާ ބްރެޒިލް ޓީމާއި މުޅި ޤައުމުގައި އެތެރޭގައިވެސް އޮތީ ނުތަނަސްކަން

ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކޮޕާ އެމެރިކާ ބްރެޒިލްގައި ބޭއްވުމަށް ސަރަޙައްދީ ފުޓުބޯޅަ ފެޑެރޭޝަން ކޮމްބޮލް އިން ނިންމުމާއެކު، އެކިއެކި ފާޑުކިޔުންތަށް ދަނީ އަމާޒުވަމުންނެވެ. އޭގެ ތެރޭގައި ބްރެޒިލް ޓީމުގެ ކުޅުންތެރިންނާއި، އެޤައުމުގެ ސަރުކާރުގެ ވެރިންނާއި، ސިޔާސީ ފަރާތްތަކާއި، ބައެއް ރައްޔިތުން ހިމެނެއެވެ.

ކޮޕާ އެމެރިކާ މީގެ ކުރިން ބޭއްވުމަށް ނިންމާފައިވަނީ ކޮލަމްބިއާ އަދި އާޖެންޓީނާގައެވެ. ކޮލަމްބިއާގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާހެދި އާޖާންޓީނާގައި އެކަނި މުބާރާތް ކުރިއަށް ގެންދާ ގޮތަށް ވެސް  ނިންމިއެވެ. އެހެން ނަމަވެސް، ކޮވިޑް ބަލިމަޑުކަމާހުރެ އެޤައުމުގައި މުބާރާތް ނުބޭއްވޭނެކަން އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނިންމުމާއެކު، ހޮސްޓްކުރާ ޤައުމެއްގެ ގޮތުގައި ބްރެޒިލްވަނީ ނިންމާފައެވެ. މިނިންމުމާއެކު ބްރެޒިލް ރައީސްވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ޤައުމުގެ ރައީސް ކޮޕާ އެމެރިކާ އެޤައުމުގައި ބޭއްވުމާއި މުޅިން ދެކޮޅެވެ. ޤައުމުގެ ރައީސް ބުނެފައިވަނީ، ފުޓުބޯޅަ މުބާރާތަށްވުރެ ދިރިއުޅުން މުހިންމެވެ.

ބްރެޒިލް ޓީމުގެ އެތެރޭގެ ޙާލަތަކީވެސް އެއީ ކަމުގައި ބުނެވިދާނެއެވެ. އެގޮތުން، ބައެއް ކުޅުންތެރިން ޤައުމީ ސްކޮޑް ދޫކޮށް، މުބާރާތް ބޮއިކޮޓް ކުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އެހެން ވެއްޖެނަމަ ކޯޗު ޓީޓޭ އިސްތިއުފާ ދިނުމަކީވެސް ގާތްކަމެކެވެ.

ކޮވިޑް ބަލިމަޑުކަމާހުރެ ކޮޕާ އެމެރިކާގައި ޓީމުގައި ހިމެނެން ބޭނުންނުވާ ކުޅުންތެރިންގެ ތެރޭގައި ރެއަލް މެޑްރިޑްގެ މިޑްފީލްޑަރ ކަސެމީރޯ، ލިވަރޕޫލްގެ ފޯވަޑް ފިރްމީނޯ، މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރ ފްރެޑް ހިމެނެއެވެ. އަދި މީގެ އިތުރުން، ފްރާންސްގެ ޕީ.އެސް.ޖީ އަށް ކުޅޭ ނޭމާ ހުރީ އަނިޔާގައެވެ.

2014 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ފުޓުބޯޅައިގެ ޙާލަތު އަދިވެސް އެއްވެސް ވަރަކަށް ރަނގަޅު ނޫންކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *